އެމެރިކާގެ އަސްކަރީ ކޯސްތައް ދިވެހިންނަށް ހުޅުވާލައިފި
ދެންމެ | 25 އޮކްޓޯބަރ 2024

އެމެރިކާގެ ދިފާއީ ބާރުގެ އެެކަޑަމީތަކުގައި ހިންގާ ކޯސްތަކުގައި ބައިވެރިވުމަށް ދިވެހިންނަށް ފުރުސަތު ހުޅުވާލައިފިއެވެ.

ފުރުސަތުތައް ހުޅުވާލާފައި ވަނީ އެމެރިކާގެ ”ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑަމީ،“ ”ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކެޑަމީ،“ ”ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ،“ އަދި ”ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ،“ ތަކުން ހިންގާ ކޯސްތަކުންނެވެ.

މިކަމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ކުރި އިއުލާނެއްގައި މި ކޯސްތަކަށް ޝަރުތު ހަމަވާ ފަރާތްތަކުން، ކޯސް އެޕްލިކޭޝަން ފޯމް ފުރުމަށް ފަހު، އަންނަ ނޮވެންބަރު މަހުގެ ހަތް ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެމްއެންޑީއެފް ބަންޑާރަކޮށްޓަށް، އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އަދި ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!