ޕޮންޒީ ހިޔާނާތްތުގެ ތުހުމަތުވާ، އަލްހާން ވެސް އަނެއްކާ އެމްޑީޕީއަށް ސޮއިކޮށްފި
ދެންމެ | 07 ސެޕްޓެމްބަރ 2023
ޕޮންޒީ ސްކީމެއްގެ ތެރެއިން އެތައް ބަޔަކަށް ހިޔާނާތްތެރިވެފައިވާ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެމްޑީޕީއާ އަނެއްކާވެސް ގުޅިވަޑައިގެންފިއެވެ.

އަލްހާން އެމްޑީޕީއާ ގުޅިވަޑައިގަތީ ރޭ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އިސްނެންގެވުމުގެ މަތިން މާލޭގައި ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އަލްހާން އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު އޭނާގެ ފޯމު ހަވާލުކުރެއްވީ އެމްޑީޕީގެ ކެމްޕޭނު ތަރުޖަމާން މާރިޔާ އަހުމަދު ދީދީ އާއެވެ.

އަލްހާން އެމްޑީޕީން ވަކިވެ ވަޑައިގަތީ ”ނިއު އެމްޑީޕީ“ ނަމުގައި ރައީސް ނަޝީދު ވެރިކަމުގަ އެމްޑީޕީ ރިޕޯމް ކުރުމަށް ކުރި މަސައްކަތްތަކުގަ އުފެދުނު ހަމަނުޖެހުންތަކެއްގައެވެ.

އަލްހާން އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ކުރީގެ ރައީސް މައުމޫނު އުފެއްދެވި ޑީއާރުޕީގައެވެ. އޭގެ ފަހުން އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްގަ ވެސް މަަސައްކަތް ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!