މެޑަމް ސާޖިދާއަށް ޓެންޒޭނިއާއިން ހޫނު މަރުހަބާއެއް ކިޔައިފި
ދެންމެ | 28 އޮކްޓޯބަރ 2024

ރަސްމީ ދަތުރުފުޅެއްގައި މެޑަމް ސާޖިދާ މުހައްމަދު ޓެންޒޭނިއާއަށް ވަޑައިގަތުމުން އެގައުމުން އެކަމަނާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ޓެންޒޭނިއާގެ ޖޫލިއަސް ނިއެރެރޭ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމާއެކު ފަސްޓް ލޭޑީއަށް މަރުހަބާ ދެންނެވުމަށް އެގައުމުގެ މިނިސްޓަރ އޮފް ކޮމިއުނިޓީ ޑިވެލޮޕްމަންޓް، ޖެންޑަރ، ވިމެން އެންޑް ސްޕެޝަލް ގްރޫޕްސް، ރިޒިކީ ޖުމާ ވަޑައިގެންނެވިއެވެ.

މާކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ އަހަރީ ކޮންފަރެންސްގެ 11 ވަނަ އެޑިޝަނުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަސްޓް ލޭޑީ ޓެންޒޭނިއާއަށް ފުރާ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. މި ކޮންފަރެންސްގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މެޑަމް ސާޖިދާއެވެ.

މާކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ކޮމިޓީ ބައްދަލުވުމުގައި އެކަމަނާ ވާހަކުފުޅުދައްކަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!