އިސްލާމިކް ބޭންކަށް 60 ހާސް ދައްކަން ކުރީގެ ގާޒީ ޙާލީމަށް ހުކުމް ކޮށްފި
ދެންމެ | 01 ޖުލައި 2022

މޯލްޑިވްސް އިސްލާމިކް ބޭންކަށް ފަސްދޮޅަސް ތިން ހާސް ރުފިޔާ ދައްކަން، ކުރީގެ ގާޒީ މުހައްމަދު ހަލީމް- ހަލީމް ބާއީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ހަލީމްބާއީގެ މައްޗަށް ބުރާސްފަތި ދުވަހު ސިވިލް ކޯޓުން މި ހުކުމްކޮށްފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. ސިވިލް ކޯޓުގެ ހުކުމުން އިނގޭ ގޮތުގައި މިއީ ދެހާސް ސޯޅަވަނަ އަހަރު ހަލީމްބާއީ، އިސްލާމިކް ބޭންކުން ހޯދާފައިވާ ދެލައްކަ ފަސްދޮޅަށް ހާސް ރުފިޔާގެ މުރާބަހާ ޖެނެރަލް އެސެޓް ފައިނޭންސިންގ ފެސިލިޓީގެ ތެރެއިން ނުދައްކާ ބާކީ އޮތް ދަރަންޏާއި އަދި ޗެރިޓީގެ ގޮތުގައި ދޭން ޖެހޭ ފައިސާއެވެ. މި ފައިސާ ކުރިން ހަލީމްބާއީ ދައްކަމުން އައި ނަމަވެސް ފަހުން ނުދައްކައެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ދެމަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ޚަލާސްކުރަން ހަލީމްބާއީގެ ގައިރު ހާޒިރުގައި ހުކުމްކޮށްފައިވާ ކަމަށެވެ. ރިޕޯޓުގައިވާ ގޮތުން ހަލީމްބާއީ އެންމެ ފަހުން ފައިސާ ދައްކާފައިވަނީ ދެހާސް ނަވާރަވަނަ އަހަރުގެ ޖޫން މަހުއެވެ. އެހެންކަމުން ވޭތިވެދިޔަ ތިން އަހަރު އޭނާ އެ ފައިސާ ދައްކާފައެއް ނުވެއެވެ.

ގައިރު ހާޒިރުގައި ހަލީމްބާއީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާއިރު، އޭނާއަކީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އިސްވެ ހުރެ ހިންގަވާ މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސްގެ މެންބަރެކެވެ. އޭނާގެ މައްޗަށް ގައިރު ހާޒިރުގައި ސިވިލް ކޯޓުން ހުކުމްކުރިއިރު، އޭނާއަކީ މަޖިލިސް މެންބަރުންނާ ދެކޮޅަށް އެކިއެކި ކޯޓުތަކުގައި ދައުވާ ކުރާ މީހެކެވެ. ގާޒީކަމުގެ މަގާމަށް ރައީސް ޔާމީންގެ ދައުރުގައި އަންޔަން ކުރުމުގެ ކުރިންވެސް އަދި މި ފަހުންވެސް މަޖިލީސް މެންބަރުންނާ ދެކޮޅަށް އެކިއެކި ދައުވާތައް އޭނާ އުފުލާފައިވެއެވެ. ކޯޓަށް ހާޒިރު ނުވެގެން ގައިރު ހާޒިރުގައި ހަލީމްބާއީގެ މައްޗަށް ހުކުމްކޮށްފައިވައިރު، އޭނާއަކީ މިހާރުވެސް ސޯޝަލް މީޑިއާގައި އެކްޓިވް މީހެކެވެ. ކޯޓަށް އޭނާ ހާޒިރު ނުވީ ކީއްވެކަމެއް ނޭނގެއެވެ.

ގުޅުންހުރި ލިޔުންތައް