ނަސީދާއި އިބޫ އިންޑިއާ މެދުވެރިވެ، އިންޑިއާ ބައްދަލު ކުރައްވަން ނިންމައިފި
ދެންމެ | 09 މެއި 2026

ކުރީގެ ރައީސް އިބްރާހިމް މުހައް.ަދު ސާލިހްވެސް އިންޑިއާއަށް ވަޑައިގެންފިއެވެ.

ރައީސް ސާލިހްގެ ދިއްލީއަށް ވަޑައިގަތީ ރަސްމީ ދަތުރެއްގައިކަމަށް ހާމަކުރިނަމަވެސް އެ ދަތުރުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ރައީސް ސާލިހް އިއްޔެ ދިއްލީއަށް ވަޑައިގެންނެވިއިރު އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދުވެސް މިވަގުތު ހުންނެވީ ދިއްލީގައެވެ. ނަޝީދު ދިއްލީއަށް ވަޑައިގެންނެވީ މެއި 6، ގަ އެވެ. އެމަނިކުފާނު ވަޑައިގަތީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމަކަށެވެ.

އެމްޑީޕީގައި މިވަގުތު އޮތް ދެ ފެކްޝަން ލީޑްކުރައްވާކަމަށް ބުނާ ސާލިހާ ނަޝީދު އެކުގައި މިވަގުތު އިންޑިއާގައި ތިއްބެވިނަމަވެސް ދެ ބޭފުޅުން ބައްދަލުކުރެއްވިކަމެއް ސާފެއް ނުވެއެވެ.

ނަޝީދު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު 11:45 ގަ އެވެ. އަދި އެއާޕޯޓުން ނަޝީދު ނޫސްވެރިންނާ ބައްދަލު ކުރައްވަން ވަނީ ނިންމަވާފައެވެ.

އެމްޑީޕީގެ ޗެއާފާސަންގެ އިންތިހާބު ފޯރިގަދަޗެފައިވާއިރު ރައީސް ސާލިހާއި ރައީސް ންޝީދުގެ ފެކްޝަނުން ގެންދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!