ބޮޑެތި ބަނޑު ހިންދާނެ ގޮތް!
ދެންމެ | 29 އޮކްޓޯބަރ 2024

ބަނޑު ހިންދައި ފިޓުވެ ރީތި ބައްޓަމެއްގެ ވެރިއަކަށް ވުމަކީ ކޮންމެ މީހަކުވެސް ބޭނުންވާ ކަމެކެވެ. މިއީ ބަރުދަން ލުއި ކުރަން އުޅޭ ފަރާތްތަކަށް ހާސިލުކުރަން އެންމެ އުނދަގޫ ލަނޑުދަނޑިވެސްމެއެވެ. ނަމަވެސް ބަނޑުހިންދުމަށް އެންމެ ރަނގަޅު ކަސްރަތުތައް ކުރުމުން މިކަން ވަރަށް ފަސޭހަކަމާއެކު ހާސިލްކުރެވޭނެއެވެ. ތިރީގައި މި ހިމަނާލަނީ ބަނޑު ހިންދަން ބޭނުންވާ ނަމަ ކުރަންވީ ކަސްރަތުތަކެވެ.

ހިނގުން ނުވަތަ ދުވުން ފަދަ ކާޑިއޯ ކަސްރަތުތައް ކުރުމަކީ ބަނޑު ހިންދުމަށް އެހީވެދޭ ކަންކަމެވެ. މިކަންތައް ކުރުމުން ހަށިގަނޑުގައި ހުންނަ ކެލޮރީތަށް ވިރޭ ވަރު އިތުރުވެ، ހަށިގަނޑުގައި ހުންނަ ސަރުބީތައް ވިރެއެވެ. ކަސްރަތު ކުރާއިރު ރޫޓިން ގައި މިކަންތައް އެކުލަވާފައިވާނަމަ ފަސޭހަކަމާއެކު ބަނޑު ހިނދި ބައްޓަން ރީތިވާނެއެވެ.

ބާޕީސް
ބާޕީސް އަކީވެސް ބަނޑުހިންދުމުގައި އެހީވެދޭ ކާޑިއޯ ވޯކްއައުޓެކެވެ. މި ކަސްރަތު ކުރާއިރު ބަނޑުގެ މަސްތަކުގެ އިތުރުން ހަށިގަނޑުގެ ތަފާތު އެކި މަސްތައް މަސައްކަތް ކުރާނެއެވެ. އަދި އޭގެ ސަބަބުން މެޓަބޮލިޒަމް އިތުރުވެ، ކެލޮރީތައް ވިރޭ މިންވަރުވެސް އިތުރުވެއެވެ. އަދި ހަށިގަނޑުގެ މަސްތައް ވަރުގަދަ ވުމާއެކު، މީހާގެ ބަނޑުވެސް ހިނދޭނެއެވެ.

ޕްލޭންކު
ޕްލޭންކަކީ ވެސް ބަނޑު ހިންދުމުގައި އެހީވެދޭ ކަސްރަތެކެވެ. ޕްލޭންކު ހަދާއިރު ހަށިގަނޑުގެ އެހެނިހެން ގުނަވަންތައް ސްޓެބަލައިޒް ވެފައިވާއިރު ބަަނޑުގެ މަސްތައް މަސައްކަތް ކުރެއެވެ. އަދި އޭގެެ ސަބަބުން ބަނޑުގައި ހުންނަ ސަރުބީތައް ފަސޭހަކަމާއެކު ވިރޭނެއެވެ. އަދި އޭގެ ސަބަބުން މީހާގެ ބައްޓަން ރީތިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!