މެންދަމު 12 ޖެހުމާ ހަމައަށް ޕާސްޕޯޓު ދޫކުރަން ނިންމައިފި
ދެންމެ | 07 ޖުލައި 2022

މާދަމާ ރޭ، މެންދަމު 12 ޖެހުމާ ހަމައަށް ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ކުރިއަށްގެންދިޔުމަށް އިމިގްރޭޝަނުން ނިންމައިފިއެވެ.
އިމިގްރޭޝަނުން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕާސްޕޯޓުގެ ވެރިފިކޭޝަން ޕްރޮސެސް ނިމި، މާދަމާ ހެނދުނު 10:00ގެ ކުރިން ފައިސާ ދައްކާ ނިންމާ އެންމެންނަށް މާދަމާ ރޭ 12ގެ ކުރިން ޕާސްޕޯޓު ލިބޭނެ ކަމަށެވެ.

އެގޮތުން، އެޕޮއިންޓްމަންޓް ހަމަޖެހުމާއެކު، އެސްއެމްއެސްއަކުން އެކަން އަންގާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. އަދި އެޕޮއިންޓްމެންޓް ލިބޭ މީހުން ގަޑިއަށް ފަރުވާތެރިވުމަށް ވެސް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ކުރީ ދުވަހުގެ އެޕޮއިންޓްމެންޓަކަށް ނާދެވިފައިވާ ނަމަ، މެންދުރުފަހު 15:00ގެ ކުރިން ކިއުބީ މެދުވެރިކޮށް ކިއު ނަންބަރެއް ނެގުމަށް ވެސް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

މީގެ ކުރިން އިމިގްރޭޝަނުން ބުނެފައިވަނީ ޕާސްޕޯޓަށް އޮތް ޑިމާންޑު ބޮޑުވެ، ދުވާލަކު 800 ޕާސްޕޯޓު ހައްދަން ޖެހިފައިވާ ކަމަށެވެ. އެއާއެކު، އިމިގްރޭޝަނުގެ މަސަައްކަތް ރޭގަނޑު 21:30އާ ހަމައަށް ވަނީ އިތުރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!