އަދުރޭ އުފަލުގައި ބެހެއްޓުމަށާއި ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރަން ޑޮކްޓަރުން ލަފާ ދީފި
ދެންމެ | 31 އޮކްޓޯބަރ 2024

މަޖިލިސް ރައީސް އަދުރޭ ހިތުގައި ޖެހޭނެ އެއްވެސް ފަރާތަކުން ނުކުރުމަށް ޑޮކްޓަރުން ލަފާދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މެޔަށް ތަދެއް އަރައިގެން ދާދިފަހުން ފަރުވާދިން ކަން ވަނީ ނޫސްތަކުން ގެނެސް ދީފައެވެ. ފަރުވާ ދީފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.

އަބްދުއްރަހީމްއަކީ ހާޓް ޕޭޝަންޓެކެވެ. އޭނާގެ ހިތުގެ ހިނގުން ރަނގަޅު ކުރަން ހުންނަނީ ޕޭސްމޭކާއެއް ލައްވައިފަ އެވެ. ޕޭސްމޭކާއަކީ ހާޓް ރޭޓާއި ރިދަމް ރެގިއުލޭޓް ކުރަން ލައްވާ އިލެކްޓްރޯނިކް ޑިވައިސްއެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!