އަދާލަތުގެ ސައިޒަކީ ދެ ޕަސެންޓް އެމްއާރުއެމްގެ ސައިޒެއް ނެތް: ނަސީދު
ދެންމެ | 16 އޯގަސްޓް 2022

އަދާލަތު ޕާޓީގެ ސައިޒަކީ ދެ ޕަސެންޓް ކަމަށާއި އެމްއާރުއެމްގެ ސައިޒު އެންމެ ޕަސެންޓަކަށް ވެސް ނާރާ ކަމަށް ކުރީގެ ރައީސް ނަސީދު ވިދާޅުވެއްޖެވެ.

އެމްޑީޕީ ހަރުގޭގައި ބަރުލަމާނީ ނިޒާމަށް ތާއީދު ހޯއްދެވުމަށް ބާއްވާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަސީދު ވިދާޅުވީ ސިޔާސީ ބުރަދަނެއް ނެތި މި ދެ ޕާޓީއަށް ސަރުކާރު ބޮޑު ހިއްސާއެއް ލިބިފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ %42 މީހުން ވޯޓް ދިނީ ޕީޕީއެމްއަށް ކަމަށާއި އެއީ އަދިވެސް އެމްޑީޕީގެ ސަރުކާރަކާއިއެކު މަސައްކަތް ކުރާނެ ބައެއް ނޫން ކަމަށެވެ. ވޯޓް ލުމުގެ ހައްގު ލިބިފައިވާ 233000 މީހުންގެ ތެރެއިން ޕީޕީއެމްއަށް ލިބުނު 98000 އުނިކުރީމާ ބާކީ ތިބީ 135000 މީހުން ކަމަށާއި މިބާކީ ތިބި މީހުންގެ ތެރެއިން %12 އަކީ ޖުމްހޫރީ ޕާޓީން ނަގާނެ އަދަދެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!