މިއަންނަ އަހަރު ބޯހިޔާވެހިކަމުގެ ރަން ޒަމާނެއް ދިވެހިން ދެކޭނެ: ރައީސް
ދެންމެ | 01 ނޮވެމްބަރ 2024

2025 ވަނަ އަހަރުގެ ބަޖެޓް ވެގެންދާނީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނުވާނެ ބަޖެޓަކަށް ކަމަށާއި، އެގޮތުން، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް މި ބަޖެޓުގައި 2.5 ބިލިޔަން ރުފިޔާ ހިމަނާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގެ ތާރީޚުގައިވެސް ގެދޮރުވެރިކަމަށްޓަކާ އެންމެ ބޮޑަށް މަގުފަހިކޮށްދޭނެ ބަޖެޓުކަމަށެވެ. އެގޮތުން އަލަށް ފަށާ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގެ ގޮތުގައި އެކަނިވެސް 1.5 ބިލިޔަން ރުފިޔާގެ މަސައްކަތް އަންނަ އަހަރު ހިނގާނެކަން ރައީސް ފާހަގަކުރެއްވިއެވެ.“އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި ފިޒިކަލް ކޮންސްޓްރަކްޝަން ހައުސިންގ ޕްރޮޖެޓްސްތަކުގެ ގޮތުގައި 1.5 ބިލިޔަން ރުފިޔާގެ މަސައްކަތް މިއަންނަ އަހަރު ހިނގާނެ، ޢަމަލީގޮތުން ގެދޮރު ބިނާކުރުމުގެ. ހަމަމިއާއެކީގައި ނޮވެމްބަރު ކުރީކޮޅު އަޅުގަނޑު ވަޢުދުވީ ފަދައިން %5 އިންޓްރެސްޓްގައި ދޫކުރާ ލޯނަށް ހުޅުވާލެވޭނެ. އެލޯނަށް ބޭނުންވާ 1 ބިލިޔަން ރުފިޔާވެސް މި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނެ.“ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، 2030 އާއި ހަމައަށް ދާންވާއިރަށް ރާއްޖޭގެ އިޤްތިޞާދުގެ ޖީޑީޕީގައި ޑިޖިޓަލް އިކޮނޮމީ ހިއްސާވާ މިންވަރު %15 އަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެކަމަށް މަގުފަހިކުރުމަށްޓަކާ ކްރިޕްޓޯ ކަރަންސީ ނުވަތަ ޑިޖިޓަލް ކަރަންސީ ރާއްޖެއަށް ތަޢާރަފުކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް އެމްއެމްއޭއިން މިހާރު ފަށާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!