ރާއްޖެއިން 218 އިން އުދައިގެ އަސަރުކޮށްފައިވޭ: ޑިޒާސްޓަރ
ދެންމެ | 01 ޖުލައި 2022

އެ އިދާރާއިން މިއަދު ބުނީ، މިއަދު ހިނގި އުދަ އެރުމުގެ ހާދިސާގައި ރާއްޖޭގެ 7 އަތޮޅަކަށް އުދަ އަރާފައިވާކަމަށެވެ. އެގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ، ގދ. މަޑަވެއްޔަށް ކަމަށާއި އެ ރަށުގެ 98 އިންސައްތަ ގެއަށް ލޮނުވަދެ ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ބުނެފައިވެއެވެ.

މަޑަވެލީ ރަށު ކައުންސިލުން ބުނެފައިވަނީ، ރަށުގެ ހުރިހާ ގެއަކަށްހެން ލޮނު ވަދެފައިވާކަމަށާއި، މިހާރު މަސައްކަތް ކުރަމުންދަނީ އިންޖީނުގެ ސަލާމަތް ކުރުމަށްކަމަށެވެ.

ދެވަނައަށް އެންމެ ގިނަ ގޭގެއަށް އަސަރު ކޮށްފައިވަނީ ތ. މަޑިފުއްޓަށެވެ. އެ ރަށުގެ 60 ގެއަކަށް ލޮނުވަދެފައިވާއިރު، އައްޑޫ ސިޓީ މަރަދޫގެ 50 ގެއަކަށް ވެސް އެކިވަރުގެ ގެއްލުންތައް ވެފައިވެއެވެ. އަދި މަރަދޫގެ 2 ގެއެއްގެ މީހުން އެހެން ގެތަކަކަށް ބަދަލު ކުރަން ޖެހުނު ކަމަށް ވެސް ޑިޒާސްޓަރއިން ބުނެއެވެ.

ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، ކަނޑުތައް އާދަޔާއި ހިލާފަށް ގަދަވެ ރާޅުގެ އުސްމިން ހުންނާނީ 7 ފޫޓްގައިކަމަށް މެޓް އޮފީހުން މިއަދުވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!