ފޯޅަވައްސަކީ މިހާރު ގައުމެއްގެ ތަނެއް ނޫން، ތާރީހުން ދައްކަނީ ދިވެހިންގެ ތަނެއްގެ ގޮތުގައި: ނަސީދު
ދެންމެ | 25 އޮކްޓޯބަރ 2022

ރާއްޖޭގައި މިހާރު އެންމެ ބޮޑަށް ހޫނުވެފައިވާ ޗާގޯސް މައްސަލަ އަށް ބަލާ އިރު، ފޯޅަވައްސަކީ މި ވަގުތު އެއްވެސް ގައުމެއްގެ ތަނެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ ފޯޅަވައްސަކީ މި ވަގުތު އެއްވެސް ގައުމުގެ ތަނަކަށް ނުވާ އިރު، އެތަން ބަލަހައްޓަނީ އިނގިރޭސީން ކަމަށެވެ. އެކަމަކު ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ބުނެވޭނެ ޖާގައެެއް ވެސް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

”ފޯޅަވައްސަކީ ޗާގޯސް އަތޮޅުތަކުގެ ތެރެއިން އަތޮޅެއް. ޔޫރަޕް މީހުން އެތަނަށް ކިޔަން ފެށީ ޕެރޯސް ބެންހޯސްގެ ނަމުން،“ ނަޝީދު ވިދާޅުވި އެވެ. ”އިހު ޒަމާނުގައި ފޯޅަވަހި އެއީ މީހުން ދިރިއުޅޭ ތިޔާގި ރަށެއް.“

އެ މަނިކުފާނު ވިދާޅުވި ގޮތުގައި 1500 ގެ އަހަރުތަކަށް ފަހު ކުރަހަމުން އައި ރާއްޖޭގެ ޗާޓްތަކުގައި އައްޑޫގެ ދެކުނަށް އެވާ އަތޮޅަކީ ފޯޅަވައްސެވެ. އަދި 1560 ވަނަ އަހަރު ނުވަ ހަސަން ރަސްގެފާނުގެ ސިޓީއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި ފޯޅަވަހީގެ ހަތް ރަށެއް އެއީ ރާއްޖޭގެ ރަށްތަކެކެވެ.

”ދިވެހި ނެވިން ރާއްޖޭގެ ސަރަހައްދު ބަޔާންކުރަނީ ވެސް] ފޯޅަވައްސާއެކީ،“ ނަޝީދު ވިދާޅުވި އެވެ. ”ފޯޅަވަހި އެއީ ރާއްޖޭގެ ރަށެއް ކަމަށް ބުނުމަށް ކިތަންމެ ތާރީހީ އަދި ސަގާފީ ގުޅުމުގެ ހެކި އެބަހުރި.“

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!