ޓަސްލާފައި 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފި
ދެންމެ | 01 ނޮވެމްބަރ 2024

ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، މިދިޔަ މަހުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކުރެވިފައިވާކަމަށް ރައީސް އޮފީހުގެ ޗީފް ސޮޕޯކްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ އެފަދައިން ވިދާޅުވީ މިއަދު ”އެކްސްގައި“ ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ހީނާ ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ، ކުރުންތެރިކަން އިތުރު ކުރުމަށް ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް ބަލާނެ ނިޒާމެއް ޤާއިމް ކުރުމަށް ކެބިނެޓުން މިހާރު ނިންމާފައިވާކަމަށެވެ. އަދި މިނިޒާމަށް ވަރަށް އަވަހަށް ޢަމަލު ކުރަން ފަށާނެ ކަމަށް ވެސް ހީނާ ވަނީ މި ޕޯސްޓުގައި ބުނެފައެވެ.

މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ ޚަރަދުތައް ކުޑަުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން 200 އަށް ވުރެ ގިނަ ސިޔާސީ ބޭފުޅުން ވަޒީފާއިން ވަކިކުރުމަށް އަންގަވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ސަރުކާރުގެ ބަޖެޓުން މަހަކު ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!