ދިވެހި އުންމަތުގެ ހައްގުގައި ހަށިފޮޅާލައި، ނަސްރުގެ ދުވަހު ތަހްނިޔާ ރައީސް ފޮނުވައިފި
ދެންމެ | 03 ނޮވެމްބަރ 2024

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، މިއަދު ފާހަގަކުރަމުންދާ ނަޞްރު ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ނަޞްރުގެ ދުވަހާއި ގުޅިގެން މީސްމިޑީއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ޅެން ބައިތު ތަކެއް ހިއްސާކުރައްވާފައެވެ.

ރައީސް ޑރ.މުޢިއްޒު ހިއްސާކުރެއްވި ޅެން ބައިތުތަކުގައި އެދުވަހު ދިވެހިން ދެއްކި ހިތްވަރާ އަޒުމް ދޭހަވެގެންދެއެވެ.

ނަޞްރުގެ ދުވަސް ފާހަގަކުރަމުންދަނީ 3 ނޮވެމްބަރ 1988ގައި ދިން ހަމަލާގައި ޤައުމުގެ ދިފާޢުގައި ހަނގުރާމަކޮށް ޝަހީދުވި ބޭކަލުންގެ ޒިކުރާ އައު ކުރުމުގެ ގޮތުންނެވެ.

އެގޮތުން، އެދުވަހު ދިން ހަމަލާގައި 19 ދިވެހިން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި މަދަނީ 11 ބޭކަލުން ޝަހީދުވިއިރު، ދިވެހި ސިފައިންގެ 8 ބޭކަލަކު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!