އަދީބު މިނިވަންކޮށް، އެމްޓީޑީއަށް ސަރުކާރުގެ 20 ޕަސެންޓް ދޭން ޖޭޕީން އެއްބަސްވެއްޖެ
ދެންމެ | 09 މެއި 2023

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު މިނިވަންކޮށް އިންސާފްވެރި ސަރީއަތެއް ހިންގުމަށާއި އެމްޓީޑީއަށް ސަރުކާރުގެ 20 ޕަސެންޓް ހިއްސާ ދިނުމަށް ޖޭޕީން އެއްބަސްވެއްޖެ އެވެ.

ރޭ ޖޭޕީގެ މައި އޮފީސް ހުންނަ ކުނޫޒުގައި އަދީބުގެ އެމްޓީޑީ އާއި އެކު ބޭއްވި ބައްދަލުވުމުގައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް ބަލިކޮށް އޮނަރަބަލް ގާސިމް އިބްރާހިމް ރާއްޖޭގެ ރައީސް ކަމަށް ގެނައުމަށް ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފަ އެވެ.

ރައީސް ޔާމީން ސަރުކާރުން ހިންގި ތަރައްގީ މަސްރޫއުތަކުގެ އިސް މޭސްތިރިޔާ ކަމަށްވާ އަދީބުގެ ތާއީދު ގާސިމް ކަށަވަރު ކުރައްވާފައިވާ އިރު އެމަނިކުފާނަކީ ޒުވާނުންގެ ތާއީދު ބޮޑު ބޭފުޅެކެވެ.

އަދީބުގެ އެމްޓީޑީ އާއި އެކު ބޭއްވި ބައްދަލުވުމުގައި ޖޭޕީގެ ފަރާތުން އިސްކޮށް ބައިވެރިވަޑައިގެންފައި ވަނީ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހިމް އެވެ. އެމްޓީޑީގެ ފަރާތުން އިސްކޮށް ބައިވެރި ވަޑައިގެންނެވީ ކައުންސިލް މެމްބަރ އަބުދުއް ރަސީދު ނާސިދާއި އެސްޖީ އަހުމަދު އަސްރަފް (ސުންބާ) އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!