އެކްސް ބިޓެއްގެ ތުންފަތް ފަޅާލި ފިރިހެނެއް ހައްޔަރު ކޮށްފި
ދެންމެ | 06 ނޮވެމްބަރ 2024
ކުރީގެ ލޯބިވެރިޔާއަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ކުރީގެ ލޯބިވެރިޔާއަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ދެކުނުގެ ރަށަކަށް ނިސްބަތް ޒުވާނެކެވެ. އޭނާގެ މައްޗަށް މާރާމާރީގެ ތުހުމަތު ފުލުހުން ކުރާއިރު، އޭނާގެ ބަންދަށް ކޯޓުންވަނީ 15 ދުވަސް ޖަހާފަ އެވެ.

މި މީހާގެ ބަންދު ރިޕޯޓުން އެނގޭ ގޮތުގައި އޭނާވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާއަށް އަނިޔާކޮށްފައެވެ. ކުރީގެ ލޯބިވެރިޔާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލުގެ ގޮތުގައި ބަންދު ރިޕޯޓުގައިވަނީ އަންހެން ކުއްޖާގެ ތުންފަތް ފަޅައިގެން ދިޔުމުގެ އިތުރުން، އިނގިލިތައް ރަތްވެ، ފައިގެ ފަލަމަސްގަނޑުން އެކިތަންތަން ނޫފައިގަތުން އަދި ބުރަކަށި ރަތްވެފައި ހުރުމެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން، ކުށް ކޮށްފައިވާ ގޮތަށް ބަލާއިރު މި އަމަލީ ގެވެށި ގުޅުމެއްގެ ތެރެއިން ހިނގާފައިވާ އަމަލުތަކެކެވެ. ހާދިސާ ހިނގިތަނުގައި ލޭ ހުރި ކަމަށްވެސް ބަންދު އަމުރު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކުރީގެ ރިކޯޑްތަކުން އެނގޭ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ފިރިހެން މީހާއަކީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ކުރިން ހައްޔަރުކޮށްފައިވާ މީހެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!