ގޯތި ދޭ މީހުންގެ ހާލަތެއް ނުބަލާނެ، ފްލެޓް ދޭ މީހުން ހާލަތު ބަލާނެ: ސަރުކާރު
ދެންމެ | 14 އޯގަސްޓް 2023

ސަރުކާރުން ހިންގާ ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދުނު މީހުންގެ ދިރިއުޅުމުގެ ފެންވަރާއި ހާލަތަށް ބަލާފައި ނުވާނެ ކަމަށާ، އެހެންނަމަވެސް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުކެޓް ދޭއިރު އެބައެއްގެ ދިރިއުޅުމުގެ ހާލަތަށް ބަލާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކުރުމާ ގުޅޭ ގޮތުން ރޭ ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލަކަށް ޖަވާބުދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަދި ފްލެޓް ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގޯތި ދޫކުރަނީ ބިމާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުންކަމަށާއި، އެއްވެސް ރަށެއްގައި ގޯތި ދޫކުރުމުގައި ދިރިއުޅުމުގެ ހާލަތަށް ނުބަލާ ކަމަށެވެ.

އެހެންކަމުން ގޯތި ދޭ އިރު އެކަން ކަމަށް ނުބަލާނެ ކަމަށާ, ނަމަވެސް އެއާއި ޚިލާފަށް ފުލެޓު ދޫކުރުމުގައި ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކުރުމަކީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށް އަކްރަމް ވިދާޅުވި އެވެ.

މީގެ އިތުރުން އަކްރަމް ވިދާޅުވީ ގޯތި ލިބޭ ފަރާތްތަކުގެ ގުރުއަތުލުން ބާއްވަން ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގައި ކަމަށެވެ. އަދި ގޯތިތައް ދެނީ ރެޖިސްޓަރ ކުރުމަށްފަހު، އިންވެސް ވަކިކޮށްފައި ކަމުން، ސަރުކާރު ބަދަލުވި ކަމުގައިވިޔަސް، ގާނޫނީ ހުރަހެއް ނޯންނާނެ ކަމަށެވެ.

ގޯތި ދިނުމާއި ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ، ގޯތި ލިބޭ ތަންތަނަށް ކަނޑައަޅަނީ ބަކެޓަކަށް ކަރުދާސްކޮޅު އަޅާ އޭގެ ތެރެއިން ނެގޭ ތަނަކުން ކަމަށެވެ. މީގެ ތެރޭގައި ހުުޅުމާލެ އާއި ގުޅިފަޅުން އަދި ގިރާވަރު ފަޅުން ނެގޭ ގޯތިތައް ހިމެނެއެވެ.

”އަޅުގަނޑުމެން މާދަމާ ނޫން އަނެއް ދުވަހު ގުރުއަތު ނަގާފައި ހަމަ އެ ދުވަހު ހުޅުމާލެ އިން ނެގޭ ގޯތިތަކުގެ އިން ވަކި ކޮށްދިނުމުގެ މަސައްކަތްވެސް ފެށުމަށް ވަނީ ހަމަޖެހިފައި.“ އާރިފް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!