ރައީސް ޑރ. މުއިއްޒު ޓްރަންޕަށް މަރުހަބާ ދަންނަވައިފި
ދެންމެ | 06 ނޮވެމްބަރ 2024

އެމެރިކާގެ ރައީސްކަމަށް އިންތިހާބުވި ޑޮނަލްޑް ޓްރަމްޕަށް ރައީސް މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތީ އެކުވެރި ގުޅުމެއް ކަމަށެވެ. އަދި އެ ގުޅުން ބިނާވެފައި އޮތީ އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، ހެޔޮ އެދުމާއި، އެއްބައިވަންތަކަމުގެ މައްޗަށް ކަމަށް ވެސް ވިދާޅުވި އެވެ.

”ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި، ދެ ގައުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، ދުނިޔޭގެ ސުލްހައާއި ކުރިއެރުމަށް މަސައްކަތް ކުރުމަށް އަޅުގަނޑު އުންމީދުކުރަން،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.

 

ރައީސް ފާހަގަކުރެއްވި މުހިންމު ނުކުތާތައް:

ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ރައީސް މުއިއްޒު އެދިވަޑައިގަތް

ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ އިހުތިރާމާއި ހެޔޮ އެދުމުގެ މައްޗަށް

ދުނިޔޭގެ ސުލްހައާއި ކުރިއެރުމަށް އެކުގައި މަސައްކަތްކުރުމަށް ރައީސް މުއިއްޒު އެދިވަޑައިގަތް

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!