އެމްއެމްއޭ މުވައްޒަފެއްގެ ޒާތީ މައުލޫމާތު ލީކުވި މައްސަލައެއް ބަލަން ފަށައިފި
ދެންމެ | 22 ނޮވެމްބަރ 2024

މުވައްޒަފެއްގެ މައުލޫމާތު ލީކްވި މައްސަލައެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިންޓާނަލް އޮޑިޓް އިން ބަލަން ފަށައިފި އެވެ.

އެމްއެމްއޭގެ އިސް މުވައްޒަފެއްގެ ވަޒީފާ އާ ބެހޭ ޒާތީ މައުލޫމާތުތަކެއް މި ހަފްތާގެ ތެރޭގައި ސޯޝަލް މީޑިޔާގައި ވަނީ ލީކުވެފަ އެވެ.

އެކަމާ ގުޅިގެން އެމްއެމްއޭ އިން މިއަދު ބުނީ، މުވައްޒަފުންގެ ޒާތީ މައުލޫމާތަކީ އެ އޮތޯރިޓީން ރައްކާތެރިކުރަން ބޭނުންވާ މައުލޫމާތު ކަމަށެވެ.

މި މައްސަލަ އިންޓާނަލް އޮޑިޓުން ބަލަން ފަށާފައިވާ ކަމަށާއި މިކަމާ ގުޅޭ ބައެއް ކަންކަމުގައި ފުލުހުންގެ ފަންނީ އެހީތެރިކަން ވެސް ހޯދާފައިވާ ކަމަށް އެމްއެމްއޭ އިން މައުލޫމާތުދެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!