މާޅޮހު ރައީސް އާއި ނައިބާއި އެކު 4 ކައުންސިލަރުން އެމްޑީޕީން ވަކިވެ ޑިމޮކްރިޓަކާއި ގުޅިއްޖެ
ދެންމެ | 04 ސެޕްޓެމްބަރ 2023

މާޅޮހު ރައީސް އާއި ނައިބު ހިމެނޭ ގޮތަށް 4 ކައުންސިލަރުން އެމްޑީޕީން ވަކިވެ ޑިމޮކްރިޓަކާއި ގުޅިއްޖެ އެވެ.

އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ 4 ކައުންސިލަރުން އެމްޑީޕީން ވަކިވެ ޑިމޮކްރެޓިކް ޕާޓީ އާއި ގުޅިވަޑައިގެންފައިވާ ކަމަށެވެ.

ރޭ ލ. ގަމް ކައުންސިލް ނައިބް ރައީސާއި ގިނަ އަދަދެއްގެ ޒުވާނުން ވެސް ވަނީ އެމްޑީޕީން ވަކިވެ ޕީޕީއެމް އާއި ގުޅިވަޑައިގެންފަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން އެމްޑީޕީ ކައުންސިލަރުން ދަނީ އެމްޑީޕީ ދޫކޮށް ޑިމޮކްރެޓިކުންނަށް ބަދަލު ވަމުންނެެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!