އުމުރުން ދުވަސްވި ނަމަވެސް ހިތް ޒުވާންކޮށް ބަހައްޓާނެ ގޮތް!
ދެންމެ | 24 ނޮވެމްބަރ 2024

އިންސާނާގެ ބައޮލޮޖިކަލް އުމުރަކީ އޭނާގެ އެތެރެ ހަށީގެ ގުނަވަންތަކުގެ ހިނގުމާއި އާއްމު ސިއްހަތު ދެނެގަންނަން ބޭނުން ކުރެވޭ މިންގަނޑެކެވެ.

އުމުރުން ކިތަންމެ ދޮށީ މީހެއްގެ ބައޮލޮޖިކަލް އުމުރު ރަނގަޅު އާދަތަކާއެކު ހަގުވާއިރު އުމުރުން ހަގު ޒުވާނުންގެ އާދަތައް ހުންނަ ގޮތުން އެމީހުންގެ ބައޮލޮޖިކަލް އުމުރު މަތިވާ ފަހަރު ވެސް އާދެ އެވެ.

އެގޮތުން އިންސާނާގެ ބައޮލޮޖިކަލް އުމުރު ދަށްކުރެވޭނެ ފަސޭހަ ގޮތްތަކެއް މާހިރުން މިވަނީ ބުނެދީފަ އެވެ. އޭގެ ތެރޭގައިކ ކެއުމަށް ގެންނަ ބަދަލުތަކާއި ހެލިފެލިވެ އުޅުމަށް ގެންނަންޖެހޭ ބަދަލުތައް ހިމެނެ އެވެ،

އެންމެ ފުރަތަމަ ކަމަކަށް ކޮންމެ ދުވަހެއްގެ ކެއުމުގައި ވިޓަމިން ޑީގެ ސަޕްލިމެންޓެއް ހިމެނުމަށް އެ ފަރާތްތަކުން ލަފާދެ އެވެ. އޭގެ ތެރޭގައި ބިހުގެ ގޮބޮޅިއާއި އެއްގަމު ޖަނަވާރުންގެ މޭ ހިމެނެ އެވެ.

އެ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ވިޓަމިން ޑީއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ރަނގަޅަށް މަސައްކަތް ކުރުމުގައި އެހީވެދޭ މާއްދާ އެކެވެ.

އެއާއެކު ދެން އޮތް ކަމަކީ ކެއުމުގައި ތަރުކާރީ ހިމެނުމެވެ. އޭގައި ވެސް އެންމެ ރަނގަޅު ގޮތަކީ ރޯކޮށް ސެލެޑް ހަދައިގެން ބޭނުން ކުރުމެވެ.

އޭގެ އިތުރުން ކޮންމެ ދުވަހަކު ވެސް 30 މިނެޓް ހަރަކާތްތެރިވެ އުޅެވޭ ކަސްރަތެއް ކުރުމަކީ ވެސް ބައޮލޮޖިކަލް އުމުރު ދަށްވާނެ ކަމެއް ކަމަށް މާހިރުން ބުނެ އެވެ.

ސިއްހަތު ރަނގަޅު ދިގު އުމުރެއް ބޭނުންނަމަ ދިރިއުޅުމަށް ވަކި ބަދަލުތަކެއް ގެނެސްގެން އެކަން ކުރެވިދާނެ ކަން މިކަމުން ވެސް އެނގެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!