ދުވާފަރުގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑުކޮށްފި
ދެންމެ | 28 ނޮވެމްބަރ 2022

ރ. ދުވާފަރުގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑުކޮށްފި އެވެ.

ދުވާފަރުގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑުކުރަން ނިންމީ އިއްޔެ ބޭއްވި އެލްޖީއޭގެ ޖަލްސާގައެވެ.

ސަސްޕެންޝަންގެ މުއްދަތުގެ ތެރޭގައި އެއްވެސް ގޮތަކަށް ކައުންސިލް ތަމްސީލުކުރުން ވަނީ މަނާކޮށްފައެވެ.

ދުވާފަރު ކައުންސިލްގެ ހިންގުން ހަވާލުކޮށްފައި ވަނީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހާއެވެ.

ދުވާފަރު ކައުންސިލްގައި މިހާރު ތިއްބަވަނީ ހަ ކައުންސިލަރުންނެވެ. އެ ކައުންސިލްގެ މެންބަރު އަހްމަދު ސަމޫހު ވަނީ އިސްތިއުފާދެއްވާފައެވެ. އޭނާގެ ބަދަލުގައި ކައުންސިލަރަކު އިންތިޚާބު ކުރަން ބާއްވާ ބައި އިލެކްޝަން އޮންނާނީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!