ބޮމު ހަމަލާއިން ނަޝީދުގެ ވިންދު ހުއްޓި ފުއްޕާމޭ ހިނދި، މައި ލޭހޮޅިއަށް ގެއްލުން ލިބުނު: ޑރ. ނިޔާފް
ދެންމެ | 28 ނޮވެމްބަރ 2024

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ފުއްޕާމޭ އެއްކޮށް ހިނދި، މައި ލޭހޮޅިއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހިންގާ ޝަރީއަތުގައި ހެކިބަސް ދެމުން ޑޮކްޓަރު ނިޔާފް ބުނީ ނަޝީދުގެ ވާތު ފުއްޕާމޭ އެއްކޮށް ހިނދި، މޭކަށިގަނޑު ފޫއަޅުވާލައި ރޭޒާ ފުށްތައް ފުއްޕާމެއަށް ވަދެފައިވާ ކަމަށެވެ. އަދި ލިވާ ފޫއަޅުވާލައި މައި ލޭހޮޅި ތެރެއަށް ވެސް ރޭޒާ ފުށް ވަދެފައިވާ ކަމަށް އޭނާ ބުންޏެވެ.

މައި ލޭހޮޅި ތެރޭގައި ރޭޒާ ފުށް އޮތުމުން ނަޝީދުގެ ފުރާނައަށް ވަރަށް ބޮޑަށް ނުރައްކާވެ، އެ ވަގުތު ވިންދު ވެސް ހުއްޓުނު ކަމަށް ޑޮކްޓަރު ނިޔާފް ވިދާޅުވި އެވެ. ނަމަވެސް ސީޕީއާރް ދީގެން ކުރި މަސައްކަތުން އަލުން ވިންދު އައި ކަމަށް އޭނާ ބުންޏެވެ.

ނަޝީދުގެ ހަށިގަނޑުން ޖުމުލަ 10 ރޭޒާ ފުށް ނަގަން ޖެހުނު ކަމަށާއި އަދި ޕްލާސްޓިކް ކޮޅުތަކެއް ވެސް ނަގަން ޖެހުނު ކަމަށް ޑޮކްޓަރު ނިޔާފް ބުންޏެވެ. އަދި އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ 16 ގަޑިއިރު ވަންދެން ކަމަށް އޭނާ ބުންޏެވެ.

 

ނަޝީދުގެ ވާތު ފުއްޕާމޭ އެއްކޮށް ހިނދި، މޭކަށިގަނޑު ފޫއަޅުވާލި

މައި ލޭހޮޅި ތެރެއަށް ރޭޒާ ފުށް ވަދެ، ވިންދު ހުއްޓުނު

ހަށިގަނޑުން 10 ރޭޒާ ފުށް ނެގި

16 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރަން ޖެހުނު

ސީޕީއާރް ދީގެން ވިންދު އަލުން އައި

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!