ފިނޭންސް މިނިސްޓްރީން މި މަހުގެ 24 ވަނަ ދުވަހު ނެރުނު އެންގުމަކާ ގުޅިގެން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިއްސާ ގަތުމުގެ މަސައްކަތް ހުއްޓާލަން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
އެސްޓީއޯއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ކުރިން ހުށަހަޅާފައިވާ ހިއްސާ ގަތުމުގެ ޕްރޮޕޯސަލްގައި ހިމެނޭ ކަންތައްތަކާ ގުޅޭ ގޮތުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް މުރާޖައާ ކުރުމަށްފަހު، ފެނަކަ ކޯޕަރޭޝަންގެ ހިއްސާ ގަތުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
އެސްޓީއޯއިން މި ނިންމުން ނިންމާފައިވަނީ ފިނޭންސް މިނިސްޓްރީން ނެރުނު އެންގުމަކާ ގުޅިގެންނެވެ. އަދި މި ނިންމުމުގެ މައުލޫމާތު ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް އަންގާފައިވާ ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ ހިއްސާ ގަތުން ހުއްޓާލަން ނިންމީ ފިނޭންސް މިނިސްޓްރީގެ އެންގުމަކާ ގުޅިގެން
މި އެންގުން ނެރެފައިވަނީ ނޮވެމްބަރު 24، ގައި
ހިއްސާ ގަތުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމައިފައި
މި ނިންމުން ވަނީ ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް އަންގައިފައި