ދަރިން ބަސްނާހަނީ ކީއްވެ!
ދެންމެ | 30 ނޮވެމްބަރ 2024

ދަރިން ތަރުބިއްޔަތު ކުރުމަކީ ވަރަށް ބުރަ މަސައްކަތެކެވެ. އަދި ހާއްސަކޮށް އެކުދިންނަކީ މައިންބަފައިން ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދޭ، އަދި ބުނާ ބަސް އަޑުނާހާ ކުދިން ކަމުގައި ވަނީނަމަ މައިންބަފައިންގެ މަސައްކަތް ދެގުނަ އިތުރުވެއެވެ. މިފަދަ ކުދިންނާ މެދު އޮންނަ ގުޅުން ބަދަހި ކުރުމަށްޓަކައި އެކުދިން ބަސްނާހާ ސަބަބުތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.

ތިރީގައި މި ހިމަނާލަނީ ދަރިން މައިންބަފައިންގެ ބަސް ނާހާ ބައެއް ސަބަބުތަކެވެ.

 

އެކުދިންނަށް ލިބޭ އަޅާލުން ކުޑަވުން

ކުޑަކުދިންނަކީ ވަރަށް ލޯތްބާއި އޯގާތެރިކަން ބޭނުންވާ ބައެކެވެ. ދަރިން ބަސްނޭހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އެކުދިންނަށް ބޭނުންވާ ވަރަށް މައިންބަފައިންގެ އަޅާލުން ނުލިބުމެވެ. ނުވަތަ އެކުދިންނަށް ބޭނުންވާ ކަންތައް މައިންބަފައިން ފުއްދަައި ނުދިނުމެވެ.

 

ރުޅިވެރިކަމާއެކު މުހާތަބު ކުރުން

ދަރިން ބަސްނޭހުމަށް މެދުވެރިވާ އަނެއް ސަބަބަކީ އެކުދިންނާ މުހާތަބުކުރާއިރު ރުޅި އައިސް މާ އަޑު ބާރުކޮށް އެކުދިންނާ މުއާމަލާތު ކުރުމެވެ. މިހެން ކަންތައް ކުރުމުން އެކުދިންނަށް ނަފްސާނީ ގޮތުން ވަރަށް އަސަރު ކުރެއެވެ. އަދި އެކަމުގެ ސަބަބުން އެކުދިންނާ މައިންބަފައިންނާ ދެމެދު އޮންނަ ގުޅުންވެސް ހީނަރު ވެއެވެ.

 

މާ ރޫލްތައް ގިނަވުން

ގޭތެރޭގައި މާ ރޫލްތައް ގިނަވުމަކީވެސް އޭގެ ސަބަބުން ދަރިން މައިންބަފައިންނަށް ސަމާލުކަން ދޭ ވަރު ކުޑަވެ ބަސްނޭހުމަށް މެދުވެރިވާ ކަމެކެވެ. މިފަދައިން ގޭތެރޭގައި ރޫލްތައް ގިނަވުމަކީ އޭގެ ސަބަބުން އެކުދިން މާ ބޮޑަށް ހާސްވެ، ކަންބޮޑުވާ ކަމެކެވެ. އަދި އޭގެ ސަބަބުން އެކުދިންގެ ނަފްސާނީ ސިއްހަތަށް އަސަރުކޮށް، މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ހީނަރުވާ ކަމަށްވެސް މެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!