ފުރަތަމަ ނަޒަރުން ވެސް ހިތް ކަތިލި، ޒާރާއަށް ޕްރޮޕޯސް ކުރީ އަޅުގަނޑު: ސިޔާމް
ދެންމެ | 02 ޑިސެމްބަރ 2024

ބ. ކަމަދޫ އާމިނަތު ޒާރާއާ ކައިވެނި ބައްލަވައިގަތުމަށް އެދިވަޑައިގެންނެވީ އޭނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް ވިދާޅުވީ އެންމެ ފުރަތަމަ ޒާރާ ފެނި ފެނިވަޑައިގަންނަވަނީ ”ކޮންމެވެސް ތަނަކުން“ ކަމަށެވެ. ނަމަވެސް އެއީ ކޮންތަނެއްކަން ހާމަނުކުރައްވައި ސިޔާމް ވިދާޅުވީ އެންމެ ފުރަތަމަ ވެސް ޒާރާ ފެނިވަޑައިގަތުމުން އޭނާއާ މެދު ވަރަށް ޝައުގުވެރިކަން އުފެދި ގަޔާވި ކަމަށެވެ.

”އަޅުގަނޑު ޕްރޮޕޯސްކުރީ“ މާބޮޑު ތަފްސީލުތަކެއް ނުދެއްވައި ސިޔާމް ވިދާޅުވިއެވެ.

ޒަރާއާއި ސިޔާމުގެ ކައިވެނީގެ ހަފުލާއާ ގުޅިގެން ސިޔާމް ވިދާޅުވީ އޭނާއަކީ ވަރަށް ފާޅުގައި ކަންތައްތައް ކުރައްވަން ބޭނުންވާ ބޭފުޅެއް ކަމަށާއި އެއްވެސް ކަމެއް ސިއްރިޔާތުގައި ކުރައްވަން ބޭނުން ނުވާ ކަމަށެވެ. ސިޔާމް ވިދާޅުވީ ދީނީ ގޮތުން ފޮރުވަން ޖެހޭ ކަމެއް ވެއްޖިއްޔާ ފޮރުވާނެ ކަމަށެވެ.

ދުނިޔޭގެ ދިރިއުޅުމަކީ ކޮންމެވެސް ދުވަހަކުން ނިމިގެންދާނެ ކަމެއް ކަމަށްވުމުން އަބަދުވެސް އިސްކަން ދެއްވަނީ ކުރައްވާ ކަންކަން އެންމެ ރަނގަޅަށް ކުރައްވަން ކަމަށާއި އެހެންނޫނީ އެކަމެއް ނުކުރައްވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!