މޯލްޑިވްސް މީޑިއާ ހައުސް އާއިއެކު ވެފައިވާ އެއްބަސްވުން އުވާލަން އެންސްޕާއިން ނިންމައިފި
ދެންމެ | 02 ޑިސެމްބަރ 2024

އެންސްޕާ ހިންގާ އިމާރާތުން ފަންގިފިލާތަކެއް މޯލްޑިވްސް މީޑިއާ ހައުސް އަށް ކުއްޔަށް ދިނުމަށް އެ ކުންފުންޏާއިއެކު ވެފައިވާ އެއްބަސްވުން އުވާލަން އެންސްޕާއިން ނިންމައިފިއެވެ.

އެންސްޕާއިން މިގޮތަށް ނިންމީ އެ އެއްބަސްވުން އުވާލަން މޯލްޑިވްސް މީޑިއާ ހައުސްއިން ހުށަހެޅުމުންނެވެ.

އެންސްޕާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އެޖެންސީ ހިންގާ ‘’މޫކައި ސުއިޓްސް’’ އިމާރާތް މަރާމާތުކުރުމަށް ހުސްކުރަން އެންގުމުން އެ އެޖެންސީ ހިންގާނެ ތަނެއް ހޯދުމަށް މާލީ ވުޒާރާއިން ހުއްދަ ހޯދައިގެން އޮންނަ އުސޫލުގެ ތެރެއިން އިމާރާތެއް ހޯދިކަމަށެވެ. އަދި އެ އިމާރާތުން އެ އެޖެންސީން ކުށްޔަށްނެގި ފަންގިފިލާތަކުން ފަންގިފިލާތަކެއް މޯލްޑިވްސް މީޑިއާ ހައުސް ކިޔާ ކުންފުންޏަކަށް ކުށްޔަށް ދިންކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.

މި މުއާމަލާތާއި ގުޅިގެން މޯލްޑިވްސް މީޑިއާ ހައުސްގެ އަގުވައްޓާލައި، އަސްލެއްނެތް ދޮގުވާހަކަތަކެއް ފެތުރުމުން އެ އެއްބަސްވުން ނިމުމަކަށް ގެންނަން އެ ކުންފުނިން ހުށަހަޅާފައިވާ ކަމަށެވެ.

އެހެންވެ އެ އެއްބަސްވުން ނިމުމަކަށް ގެންނަން ނިންމާފައިވާކަމަށް އެންސްޕާއިން ބުނެފަވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!