ޓެކްސް ފައިސާއިން ހިންގާ ކުންފުނިތަކަށް ބޭކާރު ހަރަދު ނުކުރެވޭ ގޮތް ހަދައިފި
ދެންމެ | 02 ޑިސެމްބަރ 2024

ދައުލަތުގެ ބަޖެޓަށް ބަރޯސާވާ ކުންފުނިތަކުން އިޖުތިމާއީ ޒިންމާގެ ކަންކަމަށް ކުންފުނީގެ ބަޖެޓުން ހޭދަނުކުރެވޭ ގޮތަށް ހަދައިފިއެވެ.

ދައުލަތުގެ ކުންފުނިތަކުން އިޖުތިމާއީ ޒިންމާގެ ހަރަކާތްތައް ރާވައި ހިންގުމުގައި އަމަލުކުރާނެ އުސޫލުތައް މިއަދު ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ ޝާއިއުކޮށް އެއަށް އަމަލުކުރަން ފަށައިފައެވެ.

އެ އުސޫލުތަކުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ކުންފުނިތަކުން އިޖުތިމާއީ ޒިންމާގެ ހަރަކާތްތައް ހިންގަންވާނީ އެ ތަނެއްގެ ޑިރެކްޓަރެއްގެ ބޯޑުން ފާސްކޮށްފައިވާ ސިޔާސަތާ އެއްގޮތަށް ކަމަށެވެ.

އެގޮތުން ސިޔާސަތު އެކުލަވާލާއިރު އިޖުތިމާއީ ޒިންމާގެ ހަރަކާތަކީ ކުންފުނީގެ މުވައްޒަފުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނަށް ނާޖާއިޒް ފައިދާއެއް ލިބޭ ގޮތަށް ސިޔާސަތު ކަނޑައަޅައިގެން ނުވާނެ ކަމަށެވެ.

ހަމަ އެހެންމެ އިޖުތިމާއީ ޒިންމާގެ އެ ހަރަކާތަކީ ސިޔާސީ ބޭނުމަށް ނުވަތަ ސިޔާސީ ކެމްޕޭނެއްގައި ވެފައިވާ ވައުދެއް ފުއްދުމަށް ސީދާ ގޮތުން ވެސް ނުސީދާ ގޮތުން ވެސް އެހީތެރިވެވޭނެ ގޮތަށް ސިޔާސަތު އެކުނުލެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެތަނެއް ހިންގުމަށް ދައުލަތުގެ ބަޖެޓަށް ބަރޯސާވެފައިވާ ތަންތަނާއި ފައިދާނުވާ ތަންތަނުން އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކަށް ކުންފުނީގެ ބަޖެޓަށް އެއްވެސް ޚަރަދެއް ކޮށްގެން ނުވާނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!