މިފަހަރު ދިޔާނާގެ ޖިސްމު ރައީސް އިބުރޭ އާއި އަސްލަމަށް ވިއްކާލައިފި
ދެންމެ | 12 އޯގަސްޓް 2023
ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރަން ނިންމީ، އެމަނިކުފާނަށްވުރެ ގާބިލް އެހެން ބޭފުޅަކު ނެތް ކަމަށް ބުނެ  ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ހަށި ރައީސް އިބުރޭ އަށް ވިއްކާލައިފި އެވެ.

ދިޔާނާ ސައީދު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަމާއި، މެމްބަރުކަމާއި ރައީސް ނަޝީދާއި ރައީސް ވަހީދުގެ ކެބިނެޓް މަގާމުތައް ފުރުއްވާފައިވާ، ސާކްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ދިޔާނާ ސައީދު ވިދާޅުވީ، ރައީސް ސާލިހަށް ތާއީދުކުރައްވަނީ މައިގަނޑު ސަބަބަކާއި ގުޅިގެންކަމަށެވެ. އޭގެތެރެއިން ފުރަތަމަ ސަބަބަކީ ރައީސް ސާލިހުގެ ރަނިންމޭޓަކަށް އައްޑޫއަށް ނިސްބަތްވާ، ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އައްޔަންކުރެއްވުންކަމަށެވެ.

ދިޔާނާ ވިދާޅުވީ އަސްލަމަކީ އައްޑޫއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، އައްޑޫއަށް ހެޔޮ އެދޭ ބޭފުޅެއްކަމަށެވެ.

“ މަހަމަ ޔަގީނަށް ބެނާން އެނގޭ ވަކި އައްޑު ފަސްގަނޑުން، މި ރާއްޖެގެ ފަސްގަނޑުންވެސް ނިހޯދޭހެ އައްޑޫއަށް އަސްލަމަށްވުރެ ބޮޑުކޮށް ހެޔޮއެދޭ ބޭފުޅަށް“ އައްޑު ބަހުރުވައިން ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ އަކީ އެކިއެކި ފަހަރު މަތިން ރައީސް އިބުރޭއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ހަޅޭލަވާފައިވާ ފަރާތެކެވެ. މިފަދަ ގޮތަކަށް ސިޔާސީ ގޮތުން ޖިސްމު ވިއްކުމަކީ ދިޔާނާގެ އާއްމް ކަމެކެވެ.
ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!