އެލްޓަން ޖޯން ލޯ އަނދިރުވެ، މިއުޒިކާއި ދުރަށް ގޮސްފި
ދެންމެ | 03 ޑިސެމްބަރ 2024

އިނގިރޭސިވިލާތުގެ މިއުޒިކް ލެޖެންޑް އެލްޓަން ޖޯންގެ ލޯ އަނދިރުވެ މިއުޒިކާއި ދުރަށް ދާންޖެހުނުކަން އޭނާ އިއުލާންކޮށްފިއެވެ.

ޕޮޕް އައިކޮން އެލްޓަން ޖޯން އޭނާގެ ލޮލަށް މިހާރު ނުފެންނަކަން ހާމަކުރީ ލަންޑަންގެ ޑޮމިނިއަން ތިއޭޓަރުގައި ބޭއްވި ”ޑެވިލްސް ވެއާ ޕްރާޑާ“ މިއުޒިކަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހުއެވެ.

އެލްޓަން ބުނީ ފުރަތަމަ މައްސަލަ ދީމާވީ އޭނާގެ ކަނާތު ލޮލަށްކަމަށެވެ. އެގޮތުން ކަނާތު ލޮލަށް އިންފެކްޝަނެއްގެ އަސަރުކޮށް އެ ލޮލުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ، މިހާރު އެ ލޮލަށް އެގޮތަކަށްވެސް ނުފެންނަކަމަށް އެލްޓަން ޖޯން ބުނިއެވެ. އަދި އޭގެ ފަހުން މިހާރު ވާތު ލޮލަށްވެސް ހަމަ އެ އިންފެކްޝަން ދިމާވެ އެލޮލުގެ ފެނުންވެސް ގެއްލިފައިވާކަމަށް އުމުރުން 77 އަހަރުގެ އެލަޓަން ޖޯން ހާމަކުރިއެވެ.

އެލްޓަން ބުނީ ”ޑެވިލްސް ވެއާ ޕްރާޑާ“ މިއުޒިކަލް ލޯންޗްކުރަން ބޭއްވި ރަސްމިއްޔާތުގައިވެސް އޭނަ އަށް އެކައްޗެއް ވެސް ނުފެންނަ ކަމަށާއި މިއުޒިކްގެ ހިތްހަމަޖެހުން ހޯދީ އަޑު އަހައިގެންކަމަށެވެ.

ލޮލުގެ ފެނުން ގެއްލުނުކަން ހާމަކޮށް އެލްޓަން ޖޯން ބުނީ ދެން ކުރިޔަށް އޮތްތަނުގައި އޭނާއަށް މިއުޒިކް މަސައްކަތްވެސް ނުކުރެވޭނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!