އެމްޑީޕީން 7 ފެބްއަރީގެ ހާދިސާ ދިރާސާ ކުރަން ރޮޒައިނާ، ވަހީދު ނުލީތީ ހައިރާންވަން: އިންތި
ދެންމެ | 09 ޖޫން 2023

ރައީސް ނަސީދުގެ ވެރިކަން 7 ފެބްއަރީގައި ބަދަލުވެގެން ދިޔަ ގޮތް ދިރާސާ ކުރުމަށް އެމްޑީޕީގެ ފަރާތުން ރޮޒައިނާ ހަމަ ޖެއްސުމުން އިންތި ފާޑު ވިދާޅުވެއްޖެ އެވެ.

ފައްޔާޒުގެ އަމުރަށް ހިސޯރުކުރި ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ރޮޒައިނާ އެކަމަށް ހަމަޖެއްސުމުން މިއަދު އެމްޑީޕީ އޮތް ހާލު ފެނިގެންދާ ކަމަށެވެ.

އިންތި ވިދާޅުވީ މިއަދު ރޮޒައިނާގެ ބަދަލުގައި ބަގާވާތުގެ މޭސްތެރިޔާ ގޮތުގައި ހުންނެވި ވަހީދު އެކަމަށް އެމްޑީޕީގެ ފަރާތުން ނުލީތީ ހައިރާންވާ ކަމަށެވެ.

ރޮޒައިނާ އަކީ ރައީސް ނަސީދު ވެރިކަން 7 ފެބްއަރީގައި ވައްޓާލި އިރު އެކަމުގައި އިސް ދައުރެއް އަދާކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ފަރާތެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!