(އަރަބި) “ އެކަނބުލޭގެ ބޮލުގައި އަޅާލެވިފައިވާ ހިމާރު ނުވަތަ ރުމާ ނުވަތަ ބުރުގާ، އެ ބުރުގާގެ ހެޔޮކަން ދުނިޔެއާއި ދުނިޔޭގައިވާ ހުރިހާ އެއްޗަކަށްވުރެ ހެޔޮވެގެންވޭ. ހޫރަލް ޢީނުންކުރެ ބޭކަނބަލެއްގެ އިސްތަށިފުޅުގައި އަޅާލެވިފައިވާ ރުމާ ނުވަތަ ހިމާރު ނުވަތަ ބުރުގާ، އޭގެ ހެޔޮކަން ދުނިޔެއާއި ދުނިޔޭގައިވާ ހުރިހާ އެއްޗަކަށްވުރެން ބޮޑުވެގެންވޭ. ލޮބުވެތި އަޚުންނޭވެ. ހާއްސަކޮށް ލޮބުވެތި އުޚްތުންނޭ، އަޅުގަނޑުމެން ލިބިގަންނަންވީ މި ފިލާވަޅުން ބުރުގާ އެޅުމާއި އަންހެނުން އައުރަ ނިވާކޮށް އުޅުމަކީ މަތިވެރި ކަމެއް،ޝަރަފެއް. އެ ޝަރަފު މާދަމާ ސުވަރުގޭގައި ދެމެހެއްޓުމަށްޓަކާ، އެތަނުގެ ހިޔާވަހިކަން ލިބި އެތަނުގެ އަހުލުވެރިންގެ ގޮތުގައި ވެ، އެ އަގުބޮޑޫ ފޭރާމުން ފޭރާން އަޅާލާ، އެތަނުގައި ފިރިންނަށްޓަކާ ލޯތްބާއި ކުލުނުން ފުރިގެންވާ ރީތިކަން ހުސްކޮށް ހުރި ރީތިކަން ލިބިގަތުމަށްޓަކާ މި ދުނިޔޭވީ ޙަޔާތުގައި އަޅުގަނޑުމެން ކިޔަމަންތެރިކަމުގެ ލިބާސް އެބަ ލާންޖެހޭ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގެ އެހެން އާޔަތެއްގައި އެކަނބަލުން ސިފަކުރައްވާ ބަޔާން ކުރައްވާފައިވަނީ (އަރަބި) “ އެ ސުވަރުގެ ތަކުގައި އެކަނބަލުން ވާނީ އަޚްލާޤީ ގޮތުން ރަނގަޅު އަދި ރީތިކަމުން އަރާތިބި ބޭކަލުންތަކެއްގެ ގޮތުގައެވެ.“ މިތަނުގައި މި އަންނަ ހައިރާތަކީ ހެޔޮކަމުގެ އަހުލުވެރިން ހެޔޮ އަޚްލާޤުގެ ވެރިން. އެހެންވީމާ އެކަނބަލުންގެ އަސްލު ސިފައަކީ ބޭފުރުށުގެ އެ ޒީނަތްތެރިކަމާއި ނަލަކަމާއި އެއްވަރަށް އެތެރެ ފުށުގެ ޒީނަތްތެރިކަން ވެސް ހުންނާނެ. މިއަދު އަޅުގަނޑުމެންނަށް ރީއްޗެއް ފެނިއްޖެއްޔާ އެ ރީތީގެ އެތެރެ ހުތުރުކަން ބޮޑުވާނެ، ހުތުރުގެ އެތެރޭގެ ރީތިކަމަށްވުރެ.
މިއަދު އަޅުގަނޑުމެންނަށް ފެންނަ ރީއްޗަކީ ހަޤީގަތުގައި ފާހިޝް ޢަމަލުތަކާއި މުންކަރާތްތަކަށް ގިނަފަހަރަށް ދަޢުވަތުދޭ ރީތިކަމެއް ކަމުގައި ވެފައިވަނީ. އެ ރީތިކަމުގެ ފަހަތުގައި ވަނީ ހުތުރު ޢަމަލުތައް. ބަޔާންކުރަން ދަތި ޢަމަލްތައް. އަދި އޭގެ އިތުރުން ހިތުގެ ބަލިމަޑުކަން. ހަސަދަވެރިކަމާއި ރުޅިވެރިކަން. ނަފްރަތްތެރިކަމާއި ބޮޑާކަން. މި ހުރިހާ ސިފަތަކުން ޠާހިރުވެ އަޚްލާޤީ ރިވެތި ސިފަތަކެއް އަހުލުވެރިން ކަމުގައިވާ ބޭކަނބަލުން ސުވަރުގޭގައި ވަނީ. އަދި އެބޭކަނބަލުންގެ ބޭރުފުށުގެ ރީތިކަން އެއީ އަޅުގަނޑުމެންނަށް ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން ވަޒަންވެސް ނުކުރެވޭހާ ރީތިކަމުން ފުރިފައިވާ ރީތިކަމެއް. އެކަނބަލުންގެ ރީތިކަމުގެ ޚަލްޤު ކުރެއްވުމުގެ ފުރިހަމަ ކަމުގެ ތެރޭގައި އެއްކަމަކީ އެކަނބަލުންގެ ހަމުގެ ކުލަ ހުދުވެ ނުވަތަ ދޮންވެފައި ވުން. ނުވަތަ ދޮންކަން.
އެހެންމަ ﷲ ސުބުޙަނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގަ އެކަން ބަޔާން ކުރައްވާ ވަޙީ ކުރައްވަނީ (އަރަބި) ”އެބައިމީހުންގެ ކައިރީގައި (އަރަބި) އެކަނބަލުންގެ ލޮލުގެ ބެލުން މިން ކުރެވިފައި، މާނައަކީ ހައްދު ކުރެވިފައިވާ ނުވަތަ ހިފެހެއްޓިފައިވާ ހޫރަލް ޢީނުންތަކެއް ވެއެވެ.“ ލޮލުގެ ކަޅު ކަޅީގެ ކަޅުކަން އަދި ހުދު ކަޅީގެ ހުދުކަން ގަދަވެގެންވާ ކަނބަލުންތަކެއް ވެއެވެ. (އަރަބި) ކުރިން އަޅުގަނޑުމެން މިކި (އަރަބި) “ ރައްކާ ކުރެވފައިވާ ލުއުލުއު ނުވަތަ އިތާ މުތްތަކެއް ފަދަ ކަނބަލުންތަކެކެވެ.“ މި އާޔަތުގައި މި އަންނަނީ (އަރަބި) ”އެބޭކަނބަލުންނަކީ ރައްކާކުރެވިފައިވާ ތޮށިގަނޑު ތަޅާ ނުލެވޭ ބިސްތަކެއް ފަދައެވެ.“
ބިހެއް ތޮށީގެ ތެރޭގައި އޮންނަ އިރުގައި އެ ތޮށީގެ ސަބަބުން އެއްވެސް ފަރާތެއްގެ ބީހުމެއް އެ ބިހާ ހަމައަށް ވާސިލެއް ނުވާނެ. އަދި ކުރިން އަޅުގަނޑު ދެންނެވިފަދައިން އިރުގެ ހޫނުކަން ކަމުގައި ވިޔަސް، ދުނިޔެއަށް ޖެހޭ ވައިކަން ކަމުގައި ވިޔަސް، މީސްތަކުންގެ ނުވަތަ އެހެންވެސް މަޚްލޫޤެއްގެ ބީހުން ކަމުގައިވިޔަސް އެއިން އެއްވެސް ކަމަކުން އަސަރެއް ނުފޯރާނެ ބިހެއް ތޮށީގެ ތެރޭގައި ވާހިނދު. އެއަށްފަހު ތަޅާލެވޭއިރު އެ ބިހުގައި އެވާ ރީނދޫކުލައަކަށް ދާ ދޮންކުލަ އެއީ ޢިލްމުވެރިން އެ ސިފަ ކުރައްވަނީ މި އާޔަތުގަ ﷲ ސުބުޙާނަހޫ ވަތަޢާލާ އެބޭކަނބަލުން އެ ބަޔާންކުރައްވަނީ އެ ސިފައިގެ އަހުލުވެރިންގެ ގޮތުގަ. އެ ބިހުން އަޅުގަނޑުމެންނަށް ފެންނަ މަޑުކަމާއި ލޫޅާފަތިކަން އެއީ އެކަނބަލުންގެ ކިބައިގަ ހުންނަ ލޫޅާފަތިކަމުގެ ކުޑަކުޑަ މިސާލެކެވެ. އަދި ކުލަވެސް އެއީ ހަމަ އެކަނި ދުނިޔަވީ ގޮތުން އަޅުގަނޑުމެންގެ ތަސައްވުރަށް ގެނެސްދިނުމަށްޓަކައި ޖެހިފައިވާ މިސާލެކެވެ.
އެހެންވީމާ އިމާމު ސުއްދީފަދަ ބޭބޭކަލުން ވިދާޅުވަނީ ގަދަކަން ހުރި ނުވަތަ ހުދުކަން ގަދަވެގެންވާ ނުވަތަ ދޮންކަން ގަދަވެގެންވާ ދޮން ކުލައިގެ ވެރި ބޭކަނބަލުންތަކެކޭ. ބިހެއް އެބިހުގެ ތޮށިގަނޑުން ތަޅާ ނުލެވޭ އިރު ރައްކާތެރި ކަމާ އެކުގައި އޮންނަ ފަދައިން އެ ރީތިކަމާއި އުޖާލާކަމުގައޭ އެކަނބަލުންގެ އެރީތިކަމާއި އުޖާލާކަން ވެގެން ދާނީ. އެހެން އާޔަތެއްގަ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަނބަލުންގެ ރީތިކަމާއި ފުރިހަމަކަން ބަޔާން ކުރައްވާފައިވޭ. އައް ރަޙްމާން ސޫރަތުގައި (އަރަބި) “ އަޅުގަނޑުމެން އިންސާނުންގެ ތެރޭގައި ރީއްޗާއި ފުރިހަމަކަން ބަޔާން ކުރުމަށްޓަކައި އަދި ރީތި ތަކެތީގެ ގޮތުގައި އަގު ބޮޑެތި ޖަވާހިރުގެ ގޮތުގައި އަޅުގަނޑުމެން މ ދެކޭ ތަކެތި މީ މުތްތަކާއި އަދި ޔާޤޫތާއި މަރުޖާން. (އަރަބި) އެބޭކަނބަލުންނަކީ ޔާޤޫތުތަކަކާއި މަރުޖާން ތަކެއް ފަދަ ބޭކަނބަލުންތަކެކެވެ.“ ވިދާ ބަބުޅާ ޖަވާހިރުތަކެއް ފަދަ ބޭކަނބަލުންތަކެއް. އެހެންވީމާ ޢިލްމުވެރިން ތަފްސީރު ކުރައްވަމުން ވިދާޅުވަނީ މުޖާހިދު ހަސަނުލް ބަސަރީ ސުއްދީ ވަބުން ޒައިދް ފަދަ ބޭބޭކަލުން ވިދާޅުވަނީ އެކަނބަލުންނަކީ ސާފުކަމާއި އުޖާލާ ކަމުގައި ޔާޤޫތުތަކެއް ފަދަ ބޭކަނބަލުންތަކެކެވެ. އަދި އެކަނބަލުންގެ ދޮން ކަމުގެ ކުލައިގައި އެއީ މަރުޖާން ތަކެއްފަދަ ބޭކަނބަލުންތަކެކެވެ.
-ޢަބްދުއްސަލާމް ދާވޫދުގެ ދަރުސަކުން