އިސްރާއީލް ރައްޔިތުން ރާއްޖެ ނުދާން އެގައުމުން އަންގައިފި
ދެންމެ | 06 ޑިސެމްބަރ 2024

އިސްރާއީލުގެ ރައްޔިތުން ޒަރޫރީ ސަބަބެއް އޮވެގެން ނޫނީ ރާއްޖެއަށް ދަތުރުނުކުރުމަށް އަންގައި އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އެލަރޓް ލެވެލް މައްޗަށް ޖައްސައިފިއެވެ.

އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން މިއަދު ވަނީ މީގެ ކުރިން އެގައުމުން ރާއްޖެއަށް ނެރެފައިވާ އެލަރޓް ލެވެލް 2 އިން 3 އަށް މަތިކުރަން ނިއްމާފައެވެ. ލެވެލް ތިނެއްގައި އެލަރޓް ނެރެނީ އެގައުމަކަށް ޒަރޫރީ ބޭނުމެއްގައި މެނުވީ ދަތުރު ކޮށްގެން ނުވާނެ ކަމަށް އެންގުމުގެ ގޮތުންނެވެ.

އިސްރާއީލުގެ ސަލާމަތީ މަޖިލީހުން ބުނީ، ރާއްޖެއަށް އޮތް އެލަރޓް ލެވެލް މަތިކޮށްފައިވަނީ ރާއްޖޭގައި ނިރުބަވެރިންނަށް ތާއިދުކުރާ މީހުން ތިބުމުންނާއި ރާއްޖޭން އިސްރާއީލް ރައްޔިތުންނާއި މެދު ހަރުކަށި ފިޔަވަޅުތައް އަޅަމުން އަންނާތީ ކަމަށެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް އިސްރާއިލްގެ 517 ފަތުރުވެރިން ރާއްޖެ އަށް ވަނީ ޒިޔާރަތްކޮށްފައެވެ. އެހެން ނަމަވެސް މި އަހަރު އެ އަަދަދު ވަނީ 62 އަށް ދަށްވެފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން އިސްރާއީލް ފަތުރުވެރިން ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓް މަނާ ކުރުމުގެ މަސައްކަތް މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!