ހިޔާ ޓަވަރުން ކުއްޖަކު ވެއްޓި މަރުވެއްޖެ
ދެންމެ | 13 ޑިސެމްބަރ 2024

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުން ކުއްޖަކު ވެއްޓި ރޭ މަރުވެއްޖެ އެވެ.

މީޑީއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ހިޔާ ޓަވަރުން ވެއްޓި މަރުވީ 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

ފުލުހުން ބުނީ އެ ކުއްޖާ ވެއްޓިފައިވަނީ އެޗް-5 ގެ 13 ވަނަ ފްލޯއިން ކަމަށެވެ.

”އެ ކުއްޖަ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތުދޭ“ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!