ރައީސަށް ދަނގެތިން ހޫނު މަރުހަބާއެއް ދަންނަވައިފި
ދެންމެ | 14 ޑިސެމްބަރ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު، އދ. ދަނގެއްޗަށް ވަޑައިގެންފިއެވެ.

އދ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ރައީސް މުޢިއްޒު ދަނގެއްޗަށް ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ރައީސް ޑރ. މުއިއްޒަށް ދަނގެތިން ހޫނު މަރުހަބާ އެއް ވަނީ ދަންނަވާފައެެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށް ވަނީ ޖަމާވެފައެވެ. ރައީސަށް މަރުހަބާ ދެންނެވުމަށް ދަނގެތި ވަރަށް ބޮޑަށް ވަނީ ޒީނަތްތެރިކޮށްފައެވެ.

ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ވަންދެން ރައްޔިތުންނާ ސަލާމް ކުރެއްވުމަށް ފަހު، ރައީސް ޑރ. މުއިއްޒު ވަނީ ދިވެހިން ކުރީ ޒަމާނުގައި ކޮށް އުޅުނު މަސައްކަތްތައް ބައްލަވާލައްވައިފައެވެ.

ރައީސް ޑރ. މުއިއްޒު ދަނގެތި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިރޭ އެރަށުގައި ޚާއްސަ ޖަލްސާ އެއް ބާއްވަން ވަނީ ނިންމާފައެވެ. އޭގެ ކުރިން، ބައެއް ކައުންސިލްތަކާ އެމަނިކުފާނު ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޑރ. މުއިއްޒު މާދަމާ މެންދުރު އދ. އޮމަދޫއަށް ވަޑައިގަންނަވާއިރު އޭގެފަހުން އދ. މަހިބަދޫ އަށް ވެސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި އދ. އެކި ރަށްރަށުގެ ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!