އެމްއެސްއެސް ގެ ތިންވަނަ ބޯޓު ”އެމްވީ އެމްއެސްއެސް ގްރެފީން“ ރާއްޖެ ގެނެސްފި
ދެންމެ | 01 ޖުލައި 2022

އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ތިންވަނަ ބޯޓު ”އެމްވީ އެމްއެސްއެސް ގްރެފީން“ ރާއްޖެ ގެނެސްފި އެވެ.

ޖަރުމަނުގެ ”ކެންޑްލާ“ ކުންފުނިން ގަތް އާ ކޮންޓެއިނާ ބޯޓު އެމްއެސްއެސްއާ ހަވާލުކުރުމާއި އެއަށް ފައިސާ ދެއްކުން އެސްޓީއޯގައި މިއަދު ވަނީ ބާއްވައިފަ އެވެ. އެސްޓީއޯގެ ފަރާތުން ފައިސާގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ. މިއީ ބޯޓެއް ގަތުމުގެ މުއާމަލާތެއް ރާއްޖޭގައި ކުރި ފުރަތަމަ ފަހަރެވެ.

މިހާރުވެސް ދަތުރު ކުރަމުން އަންނަ އެމްއެސްއެސް ގެލީނާގެ ސިސްޓަ ވެސެލް ނުވަތަ އެއާ އެއްސައިޒުގެ އާ ބޯޓުން 420 ލޯޑް ކޮންޓެއިނާ އުފުލޭނެ އެވެ. އަދި ހުސްކޮށް ނަމަ 680 ކޮންޓެއިނާ އުފުލެ އެވެ. އޭގެތެރޭގައި ފިނިކުރި ތަކެއްޗަށް ހާއްސަ 60 ރީފާ ކޮންޓެއިނަރު ހިމެނެ އެެވެ.

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން އަބްދުﷲ ސައީދު ވިދާޅުވީ އަލަށް ގެނައި އެމްއެސްއެސް ގްރެފީންގެ ދަތުރުތައް އަންނަ އޮގަސްޓް މަހު ފަށާނެ ކަމަށާއި އެ ބޯޓު ދަތުރު ކުރާނީ ސިންގަޕޯ، މެލޭޝިއާ އަދި މާލެ ރޫޓުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!