ރައީސް ޑރ. މުއިއްޒުގެ އަމުރަށް މޫނަކަށް ކަދުރާއަކަށް ބެލުމެއް ނެތި ވައްކަމުގެ ތަހްގީގް މެކުހައް ޖަހައިފި އެވެ.
ރައީސް ވެރިކަމާއި ހަވާލުވެ, ވަޑައިގެންނެވިއިރު އެމްޑީޕީ ސަރުކާރުން ވަނީ ވައްކަމާއި ކަރަޕްޝަން ގައުމުގައި އާއްމުކޮށް ގައުމު ލޫޓުވާލާފަ އެވެ.
ދައުލަތުގެ ތިޖޫރީ ވަނީ ހަނާއަރުވާލާފަ އެވެ. ސަރުކާރުގެ ކުންފުނިތަކުން ވައްކަން ކޮށްކޮށް އޮތީ ދަވާލާފަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ މުޅި ގައުމު ވަނީ ލޫޓުވާލާފަ އެވެ.
ގައުމު އަމާން މިސްރާބަކަށް ގެންދިއުމަށް ރައީސް ޑރ. މުއިއްޒު ބުރަ މަސައްކަތްތަކެއް ކޮށް, ގައުމުގައި އަށަގަންނުވާފައިވާ ވައްކަމާއި ކަރަޕްޝަނާއި އެހެންވެސް ބޮޑެތި މައްސަލަތައް ހައްލު ކުރަން ފެށުމާއި އެކު އެއްކަލަ ވަގު ބައިގަނޑަކަށް ކެތެއް ނުވި އެވެ. ބަކަރިތަކެއް ފެލެން ފަށައިފި އެވެ.
ރައީސް މުއިއްޒުގެ އަރިހްގައި ސަރުކާރު ތެރޭގައި ތިބި ވައްކަމުގެ ބައިވެރިންނަށް ފިޔަވަޅު އަޅަން ފެށުމުން އަދި ކުރީގެ އެމްޑީޕީ ސަރުކާރުގެ މުލު ބޮޑެތި މަސްފަލަ ވަގުންތައް ހޭބަލި ވާން ފަށައިފި އެވެ. އެމީހުންގެ ދުވަސް ދަނީކަން ޔަގީން ވެއްޖެ އެވެ.