ކުރީގެ ފިނޭންސް މިނިސްޓަރު ޝަފީގަށް ބޯޑު މެމްބަރުކަން ދީފި
ދެންމެ | 22 ޑިސެމްބަރ 2024

ކުއްލި ގޮތަކަށް ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ޑރ. މުހައްމަދު ޝަފީގު ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ހަމަޖައްސައިފި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަންކުރާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ވެބްސައިޓް ދައްކާ ގޮތުގައި ޝަފީގު އެ މަގާމަށް އައްޔަންކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ.

ޝަފީގު ވަނީ އެޗްޑީއެފްސީގައި މީގެ ކުރިންވެސް މަސައްކަތް ކުރައްވާފަ އެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ކެމްބޯޑިޔާގެ އައިއައިސީ ޔުނިވާސިޓީން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ޝަފީގަކީ މާލީ ދާއިރާގެ ތަޖުރިބާކާރެކެވެ.

އެގޮތުން ފިނޭންސް މިނިސްޓަރަކަށް ވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ އެޗްޑީއެފްސީގެ ފައިނޭންސްގެ ހެޑްގެ މަގާމުގަ އެވެ.

ޝަފީގަކީ ކެބިނެޓަށް ސެޕްޓެމްބަރު 30 ގައި މަހުގެ ތެރޭގައި ގެނައި ބަދަލުތަކަކާ ގުޅިގެން ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ.

ފިނޭންސް މިނިސްޓަރަކީ މިހާރު ކުރިން ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!