ވައްކަމަކީ ވައްކަން: ސައުދު
ދެންމެ | 22 ޑިސެމްބަރ 2024

ވައްކަމަކީ ކޮންމެ ބަޔަކު ކުރިޔަސް އެއީ ވައްކަމެއް ކަމަށާއި، އެފަދަ ކަންކަން ބަލަން ޖެހޭނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.

ސައުދުﷲ މިހެން ވިދާޅުވެފައި މިވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ފަރާތްތަކަށް ގޯތި ދޫކުރި މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ. އެ މައްސަލައިގައި އެޗްޑީސީގެ ކުރީގެ އެމްޑީގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ އެމްޑީ މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ވަނީ އާންމުވެފަ އެވެ.

”ވައްކަމުގެ ސަބަބުން ރަށެއްގެ ރައްޔިތުންނަށް ބަދުނާމާއި ފުރައްސާރަ ލިބޭނަމަ، އެފަދަ ވައްކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ވީހާ އަވަހަކަށް ބަލައި ފިޔަވަޅު އަޅަން ޖެހޭނެ،“ ސައުދުﷲ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

މި މައްސަލައިގައި ފަޒުލް އާއި ފަޒީލް ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަދި ކުރީގެ ސަރުކާރުގެ ހައުސިންގ މިނިސްޓްރީގެ އިސް މުވައްޒަފުންގެ ޕާސްޕޯޓުތައް ވެސް ވަނީ ހިފަހައްޓާފަ އެވެ. މި މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް ފަޒުލް ވަނީ އެޗްޑީސީގެ އެމްޑީގެ މަގާމުން އިސްތިއުފާ ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!