ރޮޒޭނާގެ ބަވާލުމާއި އެކު އިގިރޭސި ބޮޑު ވަޒީރު ބިރުން ގޮތް ހުސްވެއްޖެ
ދެންމެ | 16 އޭޕްރިލް 2024

އީރާނުން އިސްރާއީލަށް ދިން ހަމަލާއާއި ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު، ރިޝީ ސުނަކް ދެއްކި ވާހަކައަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ރައްދު ދެއްވައިފިއެވެ.

އީރާނުން އިސްރާއީލަށް 13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ދިން ހަމަލާއަކީ މިމަހުގެ 1 ވަނަ ދުވަހު ސީރިއާގެ ވެރިރަށް، ދިމިޝްގައި ހުންނަ އީރާނުގެ ކޮންސުލޭޓަށް އިސްރާއީލުން ހަމަލާދީ، އެގައުމުގެ އިސް ބައެއް އޮފިޝަލުންތަކެއް ޝަހީދުކޮށްލުމާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ.

މި ހަމަލާއާއި ގުޅިގެން ރިޝީ ސުނަކް ބުނެފައިވަނީ އީރާނުން ދިން ހަމަލާއަކީ ނުރައްކާތެރި އަދި ބޭކާރު ހަމަލާއެއް ކަމަށެވެ. މީގެ އިތުރުން ވެސް އޭނާ ވަނީ އެހަމަލާ ހުއްޓުވުމަށް ބައިވެރިވި ފަރާތްތަކުގެ ޕްރޮފެޝަނަލިޒަމް އަދި ހިތްވަރުގަދަ ކަމުގެ އަގު ވަޒަން ކުރަން ބޭނުންވާ ކަމަށެވެ.

މިކަމާއި ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ރޮޒައިނާ ވަނީ ކުށެއް ނެތް އެތައް ހާސް ކުދިން މެރުމަކީ ނުރައްކާތެރި އަދި ބޭކާރު ކަމެއް ނޫންތޯ ސުވާލު ކޮށްފައެވެ. އަދި ކޮންމެ ފަހަރަކު ކޮންމެ ކަމެއް އިސްރާއީލާއި ޖެހޭއިރު، ގެންގުޅެނީ ޑަބަލް ސްޓޭންޑާޑްސް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އަދި ކޮންމެ ފަހަރަކު ވެސް އިސްރާއީލަށް ކަމެއް ކުރާއިރު، އެކަމާއި ގުޅޭގޮތުން ވާހަކަ ނުދައްކާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އީރާނުން އިސްރާއީލަށް ޑްރޯން އާއި މިސައިލްގެ ގިނަ ހަމަލާތަކެއް ފޮނުވާފައިވާއިރު، މީގެން ގިނަ ހަމަލާތައް އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި އުރުދުން ގުޅިގެން ވަނީ އިސްރާއީލުގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ހުއްޓުވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!