ރައީސް ޑރ. މުއިއްޒު: ޙިކުމަތުން ދިވެހި ފުޓްބޯޅަ އަނެއްކާ ވެސް ރޯޝަންކުރި ފަހްލަވާނު!
ދެންމެ | 25 ޑިސެމްބަރ 2024

ދިވެހި ފުޓްބޯޅަ ވަޅުޖެހި ފުޑުފުޑު ކޮށްލާފައިވާތާ އަހަރުތަކެއް ވެއްޖެ އެވެ.

ރައީސް އިބޫ އެމްޑީޕީ ސަރުކާރުގެ 5 އަހަރު ވެސް މުޅި ފުޓްބޯޅަ ވަނީ ހަލާކުކޮށްލާފަ އެވެ. ޔޫތު މިނިސްޓަރަކަށް ހުރި އަހުމަދު މަހްލޫފާއި އެފްއޭމްގެ އޭރުގެ ރައީސް ބައްސާމްގެ ކަރަޕްޝަނާއި ވައްކަމުގެ ސަބަބުން ދިވެހި ފުޓްބޯޅަ ވަނީ ހިތްދަމާނުލެވިފަ އެވެ.

ދިވެހި ފުޓްބޯޅަ އަލުން އޭގެ އަސްލު މަގާމަށް ގެންދިއުމަށް ރައީސް ޑރ. މުއިއްޒު ހިކުމަތްތެރިކަމުގެ ހަގީގީ އިހްސާސް ދިވެހިންނަށް ފެނިގެން ދިޔައީ ރޭ ގަލޮޅު ދަނޑުންނެވެ. މީހަކު ދައްކާނެ އަދި ބުނާނެ އިތުރު ވާހަކައެއް ނެތެވެ. އެއޮތީ ހަމަ ލޮލަށް ދައްކާލާފަ އެވެ.

ރައީސް ޑރ. މުއިއްޒަކީ ފުޓްބޯޅައަށް އިންތިހާއަށް ލޯބި ކުރައްވާ ބޭފުޅެއްކަން ކުރިން ވެސް ވަނީ ހާމަވެފަ އެވެ. އެމަނިކުފާނު ފޭވަރިޓް ޕްލޭޔަރަކީ މެސީ ކަމަށް ވާއިރު ދިވެހި ފުޓްބޯޅަ ރޯޝަން ކޮށް މޮޅެތި ހުނަރުވެރި ކުޅުންތެރިން އުފެއްދުމަކީ އެމަނިކުފާނު އަމާޒަކަށް ވާނެކަން ޔަގީނެވެ.

90 ޕްލަސް މުބާރާތް އިންތިޒާމް ކުރި ފަރާތްތަކުގެ ހިފެހެއްޓުމެއް ނެތް ތައުރީފް ރައީސް ޑރ. މުއިއްޒަށް އަމާޒުވުމުން ވެސް މިކަމުގެ ހަގީގީ ފަހްލަވާނަކީ އެމަނކިފާނު ކަމާއި މެދު ދެބަސްވާނެ ގޮތެއް ނެތެވެ.

90 ޕްލަސް ގޯލްޑް ކަޕުގެ ފައުންޑަރ، އަދި ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝާޒްލީ ވިދާޅުވީ މުބާރާތް ކާމިޔާބު ވެގެންދިޔަައީ ޓީމުތަކާއި ސަޕޯޓަރުން މުބާރާތް ކާމިޔާބު ކުރުމަށް ކުރި ހިތް ވަރުން ކަމަށެވެ. އަދި މި މުބާރާތް އެއްމެ ފުރިހަމައަށް ސަޕޯޓަރުންނާއި ހަމަޔަށް ގެނެސްދިނުމަށް ކުޅިވަރާއި ބެހޭ ވުޒާރާއިން ވެ ދެއްވި އެހީތެރިކަމަށް ޝާޒްލީ ވަނީ ހުރިހާ ރަށެއްގެ ފަރާތުން ޝުކުރު އަދާކުރައްވާފައެވެ.

އަންގާރަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ކުރިޔަށް ދިޔަ ފޯރިގަދަ ފައިނަލް މެޗު 2-0 ން ކާމިޔާބުކުރި އޭދަފުށީ ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވުމަށް ރައީސް ގަލޮޅު ދަނޑަށް ވަޑައިގެންނެވިއިރު މިއީ ފަހުގެ ތާރީހެއްގައި އެންމެ ގިނަ ސަޕޯޓަރުން ގަލޮޅު ދަނޑަށް ވަން މެޗެވެ. މި މެޗަށް ރައީސްގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ އިސްވެރިންވެސް ވަޑައިގެންނެވިއެވެ.

ރޭ ފެނިގެން ދިޔަ ފޯރިގަދަ ގޭމުގައި އޭދަފުށިން ވަނީ ދެ ހާފުގައި ވަރަށް ބޮޑަށް މެޗު ކޮންޓްރޯލްކޮށް ގިނަ ވަގުތު ބޯޅަ ގެންގުޅެފައެވެ. އަދި ދަނޑަށް ވަދެތިބި 1200 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި އޭދަފުށި ހެއްވާލަދިން ފުރަތަމަ ގޯލް ކާމިޔާބު ކުރީ މެޗުގެ 39 ވަނަ މިނިޓްގައި ޖޯޒީ ނަމްބަރު 10 ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ކޯނަރަކުން ޖޯޒީ ނަމްބަރު 11 މުހައްމަދު ފާސިރު ބޮލުން ޖަހާ ގޯލުގެ ކަނަށް ފޮނުވާލި ހިތްގައިމު ގޯލަކުންނެވެ.

އޭދަފުށިން ދެ ވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 90 ވަނަ މިނިޓްގައި ޖާޒީ ނަމްބަރު 50 އަލީ ފާސިރް (ސެންޓޭ) ވަރަށް ހުސްކޮށް ގޮސް އޭރިއާތެރެއަށް ވަދެ ގޯލުގެތެރެއަށް ފޮނުވާލި ބޯޅައަކުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!