ޕީޕީއެމްގެ ބޮޑިބަތް ކައިގެން އެމްޓީސީސީ މުވައްޒަފަކަށް ހޭހަދާލައިފި
ދެންމެ | 22 އޯގަސްޓް 2023

ލ. އިސްދޫގެ އެމްޓީސީސީ ޒޯންގައި މަސައްކަތްކުރާ މުވައްޒަފަކު އެރަށު ޕީޕީއެމް ޖަގަހައިގައި އޮތް ބޮނޑިބަތް ކެއުމަކަށް ދިއުމުން އަދަބު ދީފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޓީސީސީ ޒޯން ފެރީގެ ކެޕްޓަންގެ ގޮތުގައި އެ މުވައްޒަފު މަސައްކަތް ކުރާތާ އަށެއްކަ އަހަރުވެއްޖެ އެވެ.

އެކަމަކު ރޭ ޕީޕީއެމްގެ ޖަގަހައިގައި އޮތް ބޮނޑިބަތް ކެއުމަކަށް އޭނާ ދިޔަކަށް އެނގިގެން، އެމްޓީސީސީން ވަނީ އޭނާ މިއަދުން މިއަދަށް ގދ. އަތޮޅަށް ވަޒީފާއަށް ބަދަލުވާން އަންގާފަ އެވެ.

ދެން ވަޒީފާ އަދާކުރަންޖެހޭނީ ގއ. އަތޮޅުގައި ކަމަށާއި، ވޯޓުލާ ދުވަހު ވެސް އަނބުރާ އިސްދޫއަށް ނާދެވޭނެ ކަމަށް އޭނާއަށް އެންގިކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

މިދިޔަ ހަފްތާގައި ފ. ނިލަންދޫގައިވެސް ފެނަކަ މުވައްޒަފުންތަކެއް ޕީޕީއެމްގެ ޖަގަހަ ބައްދަލުވުމަކަށް ދިއުމުން ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރުދިން މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

މަގުބޫލު އުޒުރެއް ނެތި، އެގޮތަށް ވަޒީފާ އަދާކުރާ ރަށް ކުއްލިއަކަށް ބަދަލުކުރުމަކީ ވަޒީފާގެ ގާނޫނުގެ ދަށުން ވެސް މަނާކުރާ ކަމެކެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަދަބު ދިނުމުގެ ގޮތުން މީހުން އެމީހުންގެ އަމިއްލަ ރަށް ނޫން އެހެން ރަށަކަށް ފޮނުވާލަ އެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކުގައި ތިބޭ މީހުން އަތުރުގެ އާބާދީ ނޯންނަ ރަށްރަށަށް ބަދަލުކުރުން ފަދަ ކަންކަން ކުރިން އަދަބު ދިނުމުގެ ކުރިން ކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!