ރައީސްގެ އަސަރުގަދަ ކަރުނައިގެ މެސެޖް ދިވެހިންނަށް: ކޮންމެ ނިންމުމެއް ނިންމީ ރައްޔިތުންގެ ހައްގުގައި، މުޅި ރާއްޖޭގެ ފައިދާއަށް
ދެންމެ | 01 ޖެނުއަރީ 2025

2024 ވަނަ އަހަރަކީ އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނު، ގޮންޖެހުން ބޮޑު އަހަރެއް. އެކަމަކު މިއިން ކޮންމެ ދަތި ނިންމުމެއް ވެސް އަޅުގަނޑު ނިންމީ ތިޔަ ލޮބުވެތި ރައްޔިތުންގެ ހައްގުގައި، މުޅި ރާއްޖޭގެ ފައިދާއަށް ޓަކައި.

ކުރު މުއްދަތުގައި ކުދިކުދި ދަތިތަކެއް ކުރިމަތިވި ނަމަވެސް ދިގު މުއްދަތުގައި އެންމެންނަށް ފައިދާ ކުރާނެ. އިރާދަކުރެއްވިއްޔާ މި ނިންމުންތަކުގެ ފޮނި މީރުކަން އިސާހިތަކު ފެންނަން ފަށާނެ. ތިޔަ އެންމެހާ ރައްޔިތުންނަށް މިކަންކަމުގެ ލާބައާއި މަންފާ ލިބެން ފަށާނެ.

ކުރިއަށް މި ފެށޭ އަހަރަކީ 2024 އަށް ވުރެ ނިޔާމަ އަހަރަކަށް ވުމަކީ އަޅުގަނޑުގެ އުންމީދު. ރައްޔިތުންގެ ކެރިފޯރުންތެރިކަން އިތުރުވެ، އިގްތިސާދީ ގޮތުން ވަރުގަދަ، އަދި މިހާރަށް ވުރެ ބަދަހި މުޖުތަމައެއް ގާއިމުވާނެ އަހަރަކަށް ވުމަކީ އަޅުގަނޑުގެ އުންމީދު.

އެކުވެރިކަމާއި އާއިލީ ގުޅުންތައް ވަރުގަދަވެ، އެކަކު އަނެކާއަށް ހެޔޮ އަމަލުކުރުމަށް ބާރުއަޅާ އަޚުލާގެއް ދިވެހީންގެ ތެރޭގައި އާލާވުމަކީ އަޅުގަނޑުގެ އުންމީދު.

މި ފެށޭ އާ އަހަރަކީ ދިވެހިރާއްޖެއަށާއި ދިވެހީންނަށް ނިޔާމަ އަދި ފާގަތި އަހަރަކަށް ވުމަށް އެދި ދުޢާކުރަން.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!