އުމްރާގެ އަޅުކަން އަދާކުރާ މީހުން ރާއްޖެ އައުމާ ގުޅިގެން މާދަމާ އެއަރޕޯޓް ތޮއްޖެހިދާނެ ކަމަށް ބެލެވޭކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލް މީޑިއާތަކާއި ހިއްސާކުރި ޕޯސްޓެއްގައިވަނީ މާދަމާ ފުރާ ހުރިހާ ފަރާތްތަކުން އެއާޕޯޓު މަގުތަކާއި ޓާމިނަލް ސަރަހައްދުތަކުގައި ޓްރެފިކް ބޮޑުވާނެތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަތުރުފަތުރުގެ ތަޖުރިބާ ފަސޭހަކަމާ އެކު ކުރިއަށް ގެންދިއުމަށް ޓަކައި، ފަސިންޖަރުން ފުރުމުގެ މަދުވެގެން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް އައުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން އެމްއޭސީއެލް އިން ވަނީ މި ޕީކް ޓައިމްގައި ހުރިހާ ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންގެ އެއްބާރުލުމަށާއި، ވަގުތުން ފަސިންޖަރުން ނެގުމާއި ޑްރޮޕް އޮފްތައް ކަށަވަރުކޮށް، އެއާޕޯޓުގެ ވަށައިގެން ޓްރެފިކް ފްލޯ ދެމެހެއްޓުމަށް އެދިފައެވެ.
އެމްއޭސީއެލްއިން މާދަމާގެ ޕެސެންޖަރ މޫވްމަންޓްސް ޓައިމްސް ކަމަށް ހިއްސާ ކޮށްފައިވަނީ ،
ޕީކް ޓައިމްސް – 06:00 އާއި 09:00 ދެމެދު
އަންނާނެ ކަމަށް ލަފާކުރެވޭ މީހުންގެ އަދަދު: 2،678 (618 އުމްރާވެރިން ހިމެނޭ ގޮތަށް)
ފުރާނެ ކަމަށް ބެލެވޭ މީހުންގެ އަދަދު: 1،372 14:00 އިން 16:00 އަށް
ޕީކް ޓައިމްސް – 14:00 އާއި 16:00 ދެމެދު
އަންނާނެ ކަމަށް ލަފާކުރެވޭ މީހުންގެ އަދަދު: 2،071 (އުމްރާއަށް ދާ 452 މީހުންނާއެކު)
ފުރާނެ ކަމަށް ބެލެވޭ މީހުންގެ އަދަދު: 1،091
ވީމާ މިކަމަށް، އެންމެހާ ފަސިންޖަރުންނާއި، ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންގެ އެއްބާރުލުން ދިނުމަށް އެމްއޭސީއެލްއިން ވަނީ އެދިފައެވެ.