ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވަން ނިންމައިފި އެވެ. އެ ނިންމުން އެމަނިކުފާނު ވަނީ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް މިހާރު އަންގަވާފައެވެ.
ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދެނާ އާ ހަވާލާދީ ލަންކާގެ ނިއުސް އެޖެންސީތަކުން ދެންމެ ބުނީ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ އެކަން އަންގަވާފައިވާ ކަމަށެވެ. މަގާމުން އިސްތިއުފާ ދެއްވާނީ އަންނަ ބުދަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.
ގޮޓަބަޔާ އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވާފައި މި ވަނީ ބޮޑުވަޒީރު ރަނިލް ވެސް ސަރުތަކަކާއި އެކު އިސްތިއުފާ ދެއްވުމަށް ތައްޔާރަށް ހުންނެވިކަން އިއުލާނު ކުރައްވާފައި ވަނިކޮށެވެ.
އިގްތިސާދީ ހާލަތު އިންތިހާއަށް ގޯސްވެ ލަންކާ ވަނީ މިހާރު ބަގުރޫޓުވެފައިވާ ގައުމެއް ކަމަށް ކަނޑައަޅާފަ އެވެ.
ގުޅުންހުރި ލިޔުންތައް