ޓިކްޓޮކް ސިފާއަށް ދިއްފުށީ އަންހެންވެރިން ހޫނު މަރުހަބާއެއް ކިޔައިފި
ދެންމެ | 09 ޖުލައި 2022

މަޝްހޫރު ނެށުންތެރިޔާ މަރިޔަމް ޝިފާ، އަޟްހާ އީދުގެ ކުޅިވަރުތަކުގައި ބައިވެރިވުމަށް ކ. ދިއްފުއްޓަށް ދިއުމުން އެ ރަށުގެ ގިނަ ބަޔަކު ނުކުމެ، އޭނާ އަށް މަރުހަބާ ކިޔައިފިއެވެ.

ޝިފާ، ދިއްފުއްޓަށް މިއަދު ދިޔައީ މަޝްހޫރު ބޮޑުބެރު ގްރޫޕް ”ބިދަބިން“ ގްރޫޕާއެކުގައެވެ. ޝިފާއާ އެކުގައި ނެށުމުގެ ދާއިރާގައި އުޅޭ ބައެއް އަންހެނުން ވެސް ދިއްފުއްޓަށް ދިޔައެވެ.

މި ޓީމަށް ރަށުގެ ބަނދަރު މަތިން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އެގޮތުން، އެ ރަށު ރައްޔިތުން ވަނީ ޝިފާ ހިމެނޭ ހެން އެންމެންގެ ކަރުގައި މާފައްޗެއް އަޅުވައިފައެވެ.

މިއަދު ހަވީރާއި މިރޭ ދިއްފުށީގައި ކުރިއަށްދާ މިއުޒިކް ޝޯގައި ޝިފާގެ ނެށުމުގެ ހަރަކާތްތަކެއް ދަނީ ފެންނަމުންނެވެ.

ޝިފާގެ އަޑު މީގެ ދުވަސްކޮޅެއް ކުރިން ގަދަވީ، އޭނާ އާއި އިތުރު އަންހެނަކު ބައިވެރިވެގެން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.

އެ ވީޑިއޯއާ ގުޅިގެން ޝިފާ ބުނީ، މީސް މީޑިއާގައި ދައުރު ވަނީ ”ޑީޕް ފޭކް“ އެޑިޓް ވީޑިއޯއެއް ކަމަށެވެ. އަދި އެއީ އޭނާގެ އަގުވައްޓާލަން ދުރާލާ ރާވައިގެން ކުރާކަމެއް ކަމަށް ޝިފާ ބުނެފައި ވެއެވެ.

”އަޅުގަނޑުގެ ސިޔާސީ ފިކުރު ބަދަލު ވެފައި ވާތީ ޒާތީވެގެން އަޅުގަނޑުގެ އަގުވައްޓާލަން ކުރިކަމެއް“. މިހާރު އެމްއެންޕީގެ މެންބަރެއްގެ ގޮތުގައި ހުރި ޝިފާ ވަނީ ބުނެފައެވެ.

ޝިފާ ބުނީ ނޫސް ތަކުގައިވެސް ފެތުރީ ފޭކް ހަބަރެއް ކަމަށާއި އޭނާއާ މެދު އެގޮތަށް ކަންތައް ކުރަނީ އަންހެނަކަށް ވީތީ ކަމަށެވެ. ޝިފާ އެހެން ބުނި ފަހުން ވެސް އޭނާގެ އިތުރު ވީޑިއޯތަކެއް ލީކްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!