އެމެރިކާ އޮރިޔާންވެ، ބަރަހަނާވި އެ އަލިފާން!
ދެންމެ | 16 ޖެނުއަރީ 2025

މިދިޔަ ހަފްތާގައި އެމެރިކާގެ ލޮސް އެންޖެލެސް ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއަކީ މި ފަހަކުން އެމެރިކާ ދުށް އެއްމެ ބޮޑު ކާރިސާއެވެ. އެމެރިކާގެ ބޮޑު ސަރަހައްދެއް މި އަލިފާނުގައި އަނދާ އަޅިއަށް ވެފައިވާއިރު، އަދިވެސް އަލިފާންގަނޑު ނިވާ ނުލެވޭކަމަށް ނޫސްތަކުގައި ބުނެއެވެ. މި ހާދިސާއާއި ގުޅިގެން އެމެރިކާގެ ސަރުކާރުން ދައްކަމުންދާ ވާހަކަތަކަކީ ދުނިޔޭގެ ކުރިމަތީގައި ދެރަނުވާން ދައްކާ ބަހަނާތަކެއް ކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރަމުންދެއެވެ.

މި ރިޕޯޓުގައި މި ބަލާލަނީ ދުނިޔޭގެ މަޝްހޫރު ނޫސް މަޖައްލާތަކުގައި ގެނެސްދީފައި ހުރި އެކި އެކި ރިޕޯޓުތަކުން ފާހަގަވާން ހުރި ބައެއް ކަންކަމަށެވެ. މި އަލިފާނުގެ ހާދިސާގައި، ދުނިޔޭގެ އެއްމެ ބޮޑު ބާރުގެ، ދޯހަޅި ކަމާއި ނިކަމެތިކަން ހާމަކޮށްދޭ ކަންކަމަށެވެ. އަދި އެކަންކަން ފޮރުވާ ދުނިޔޭގެ ކުރިމަތީގައި ދެރަނުވާން ދައްކާ ބަހަނާތަކަށެވެ.

އެގޮތުބް ނިއު ޔޯކް ޓައިމްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑެން މި ހާދިސާއާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައި، މި ކަމަކީ ”އެއްވެސް މީހަކަށް ބަލާލެވިފައިނުވާ ކަމެއް“ ކަމަށް ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް، ވޮޝިންގްޓަން ޕޯސްޓުން ހާމަކޮށްފައިވާ ގޮތުގައި، މިފަދަ ހާދިސާއެއް ހިނގާނެކަމުގެ އިންޒާރު ކުރިން ވެސް ދެވިފައިވާކަން އެނގެއެވެ. އެހެންކަމުން މިކަމުގައިވެސް މިއޮތީ ދެރަނުވާން ކޮންމެވެސް ބަހަނާއެއް ދައްކާފައެވެ.

ރޮއިޓަރސް ނޫސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ސަރުކާރުން މި ހާދިސާއާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ ފުދޭވަރަކަށް ދޯހަޅި ފިޔަވަޅުތަކެއް ކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރަމުންދެއެވެ. އަދި މީގެ ސަބަބުން އެތައް ބަޔަކު ގެއްލުމާ ކުރިމަތިލާން ޖެހުނު ކަމަށްވެސް ބުނެވެއެވެ. މި ޝަކުވާތަކަކީ އެމެރިކާގެ އާއްމުން ކުރާ ޝަކުވާތަކެކެވެ. ނަމަވެސް ސަރުކާރު މިކަމުގައި މިވާހަކަތައް ދޮގު ކުރެއެވެ.

އަލްޖަޒީރާ ނޫސް ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި، އެމެރިކާގެ ސަރުކާރުން މި ހާދިސާއާ ގުޅިގެން ދައްކާ ވާހަކަތަކަކީ އެ ޤައުމުގެ އިހުމާލު ފޮރުވުމަށް ދައްކާ ވާހަކަތަކެއް ކަމަށް ބައެއް ތަޙްލީލުވެރިން ދެކެއެވެ.

ބީބީސީ ނިއުސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން އެމެރިކާގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ފުރިހަމަކަން ކުޑަކަމާމެދު ސުވާލު އުފެދިފައިވެއެވެ. ޚާއްޞަކޮށް، ހާދިސާ ހިނގި ސަރަޙައްދުގައި ހުރި އަލިފާން ނިއްވާ ސާމާނުތަކުގެ ފެންވަރާއި އަދަދު އެކަށީގެންވާ މިންވަރަށް ނެތްކަން ފާހަގަކުރެވިފައިވެއެވެ. ނަމަވެސް މިކަމުގައިވެސް އެމެރިކާގެ ދެރަކަމެއް އޮތް ކަމަކަށް އެމެރިކާ ސަރުކާރަކުން ގަބޫލެއް ނުކުރެއެވެ.

ދި ގާޑިއަން ނޫހުގެ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ހާދިސާއިން ލިބުނު ގެއްލުމުގެ ބޮޑު ބައެއް ހަމަޖައްސަން ޖެހޭނީ އެމެރިކާގެ ސަރުކާރުން ކަމަށް ގިނަ ޤާނޫނީ މާހިރުން ދެކެއެވެ. މިއީ ސަރުކާރުގެ އިހުމާލު އޮތް ކަމެއްގެ ގޮތުގައި ބެލެވޭތީއެވެ. ނަމަވެސް މިފަދަ އެއްވެސް ކަމަކާ އަދި މިހާތަނަށް އެމެރިކާ ސަރުކާރުން އެއްޗެއް ނުބުނާއިރު، އިހުމާލުގެ އެއްވެސް ކަމެއް ފެއްނަން ނެތް ކަމަށާއި މިއީ ގުދުރަތީ ބޮޑު ކާރިސާއެއް ކަމަށް އެމެރިކާ ސަރުކާރުން ބުނަމުން ދެއެވެ.

ފްރާންސް 24 ޗެނަލްއިން ގެނެސްދީފައިވާ ރިޕޯޓެއްގައި، މި ހާދިސާއާ ގުޅިގެން އެމެރިކާގެ ސަރުކާރުން ދައްކާ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ. މިގޮތުން، ހާދިސާ ހިނގި ސަބަބާ ގުޅޭގޮތުން ތަފާތު ބަޔާންތައް ނެރެފައިވާކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން ދި އިކޮނޮމިސްޓް މަޖައްލާގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި، މި ހާދިސާއަކީ އެމެރިކާގެ އާންމު ސަލާމަތާއި ރައްކާތެރިކަމުގެ ނިޒާމުގައި ހުރި ބޮޑެތި އުނިކަންތައްތައް ހާމަވެގެންދިޔަ ހާދިސާއެއް ކަމަށް ބެލެވެއެވެ. ނަމަވެސް އެމެރިކާ ސަރުކާރުން އެފަދަ އެއްވެސް އުނިކަމެއް ހުރިކަމަކަށް ގަބޫލެއް ނުކުރެއެވެ.

މިފަދަ ކޮންމެ ކަމަކުން ދުނިޔޭގެ ކުރިމަތީގައި އެމެރިކާގެ އަގު އެބަ ވެއްޓެއެވެ. ދޯހަޅިކަމާއި، ފަރުވާ ކުޑަކަމާއި، ތައްޔާރީ ހާލަތުގައި ނެތްކަމާއި އިހުމާލު އިންތިހާއަށް ބޮޑުކަމާއި މިއީ ހައްތަހާވެސް ޝަކުވާއެވެ. މިއީ ދުނިޔޭގެ ބޮޑު ބާރަށް ނިސްބަތް ކުރުން ލަދުވެތި ކަންކަމެވެ. އެ ލަދުން ރެކެން އެމެރިކާ ދެއްކެއް އޮތް ބަހަނާއެއް ދައްކާކަން ނޫސްތަކުގެ ރިޕޯޓުތަކަށް ވިސްނާލުމުން އެނގެއެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ސަރުކާރުން ދައްކަމުންދާ ވާހަކަތަކަކީ ދުނިޔޭގެ ކުރިމަތީގައި ދެރަނުވާން ދައްކާ ބަހަނާތަކެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މީޑިއާތަކުން ސިފަކުރަމުންދާކަން ފާހަގަކުރެވެއެވެ. މި ކަމުގައި އެމެރިކާގެ ސަރުކާރުގެ ޒިންމާދާރުކަން ކުޑަވެފައިވާކަން ގިނަ ފަރާތްތަކުން ފާހަގަކުރާއިރު، މުސްތަޤުބަލުގައި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ޖެހިފައިވާކަމީ ވަރަށް ސާފުކޮށް ފެންނަން އޮތް ޙަޤީޤަތެކެވެ. ނަމަވެސް އެކަމަށްވެސް އިންކާރު ކުރަމުން ދަނީ ތިމަންނާމެންގެ ނިޒާމުތައް ފުރިހަމަވާނެ ކަމަށް ބުނެއެވެ. ހަރުދަނާ ވާނެ ކަމަށް ބުނެއެވެ. ކަމުގެ އިންޒާރު ލިބިފައިވާކަމަށް ބައެއް މީޑިޔާތަކުގައި ބުނެފައި ވީނަމަވެސް، ހާދިސާ އަކީ ކުއްލި ހާދިސާއެއް ކަމަށްވެސް އެމެރިކާ ސަރުކާރުން ބުނަމުންދަނީ ދުނިޔޭގެ ކުރިމަތީގައި ދެރަ ނުވާންވެގެންނެވެ. މީގެ އިތުރުން މިހާތަނަށް މި ކާރިސާގައި މަރުވި މީހުންގެ އަދަދަކީ 16 ކަމުގައި ބުނާ ބުނުމަށްވެސް ބައެއް އެމެރިކާ ރައްޔިތުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ގެއްލިފައިވާ މީހުންނާއި އަދި މަރުވެފައިވާ މީހުންގެ އަދަދު އާއިލާތަކަށް ކަށަވަރުކޮށްދިނުމަށް އެ ގައުމުގެ އާއްމުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޑޮނާލްޑު ޓްރަންޕު ވެސް ވަނީ އޭނާ ހުވާ ކުރުމުގެ ކުރިން ފަލަސްޠީނުގައި ތިބި އިސްރާއީލުގެ އަސީރުން މިނިވަން ނުކޮށްފިނަމަ، ފަލަސްޠީނަށް ނަރަކަ ގެންނާނެ ކަމަށް ބުނެފައެވެ. އެމެރިކާގެ މި އަލިފާނުގެ ހާދިސާގައި މިހާރުގެ ސަރުކާރަށް ޑޮނާލްޑް ޓްރަންޕު ފާޑުކިޔާފައިވާކަމްވެސް އޭބީސީ ނިއުސްގެ ރިޕޯޓަކުން ސާފުވެއެވެ. ކޮންމެ ދިމާލަކުންވެސް ފެންނަނީ ދެރަނުވާން ކޮންމެވެސް ބަހަނާއެއް ދައްކާތަނެވެ. ނަމަވެސް އެނގޭހާވެސް އެއްޗަކީ މިއަދު ދުނިޔޭގެ އެއްމެ ބޮޑު ބާރު، އެމެރިކާ އަތުން ގެއްލިއްޖެ ކަމެވެ. އެކަމާ ދެރަނުވާން އަދިވެސް އެމެރިކާއިން ބަހަނާ ދައްކާނެއެވެ. ބަލަން ހުންނާށެވެ! އަނިޔާވެރިންގެ ނިމުމް އަބަދުވެސް ހިތިވާނެއެވެ!

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!