ސަރުކާރު ދޫކުރައްވާ މޮންދު ސަން ޓީވީ އާއި ގުޅިވަޑައިގެންފި
ދެންމެ | 02 ސެޕްޓެމްބަރ 2022

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ބޯޑުން މުހައްމަދު އާސިފް (މޮންދު) އިސްތިއުފާ ދެއްވައި ސަން ޓީވީ އާއި ގުޅިވަޑައިގެންފި އެވެ.

އިސްތިއުފާ ދެއްވި ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ، ޕީއެސްއެމް ބޯޑުގެ މަަަސައްކަތާއި މަސްލަހަތު ފުށުއަރާ، އެހެން މަސައްކަތެއް ކުރުމަށް ގަސްތު ކުރައްވާތީ، އެމަސައްކަތް ކުރުއްވަމުން ބޯޑްގައި އިނުމަކީ ރަނގަޅު ކަމެއްކަމަށް ދެކެނުލެެއްވުމެވެ.

ބްރޮޑްކާސްޓިން ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ފަރާތްކަމުގައިވާ މޮންދު، އެބޭފުޅާގެ އަމިއްލަ މީޑިއާ ހައުސް “މޮންދު ޕްރޮޑަކްޝަން” އާއިއެކު، ވިޔަފާރިވެރިޔާ އަދި މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް(އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓީވީ އާއި ގުޅިގެން މަސައްކަތްތަކެއް ފެށުމުގެ މަސައްކަތް ދަނީ ކުރައްވަމުން ނެވެ.

ގުޅުންހުރި ލިޔުންތައް