ވަޒީރު އިހްސާނުގެ ފޭކް އޭއައި ފޮޓޯތަކާއި ވީޑިޔޯއިން ސޯސިއަލް މީޑިޔާ ފުރާލައިފި
ދެންމެ | 16 ޖެނުއަރީ 2025

ވަޒީރު އަލީ އިހްސާނުގެ ފޭކް އޭއައި ފޮޓޯތަކާއި ވީޑިޔޯއިން ސޯސިއަލް މީޑިޔާ ފުރާލައިފި އެވެ.

އިދިކޮޅު އެމްޑީޕީން ވަޒީރު އިހްސާނާއި ދެކޮޅަށް ބޮޑު ކެމްޕޭނެއް ފަށާފައިވާއިރު އެމަނިކުފާނުގެ ފޮޓޯތަކާއި ވީޑިޔޯތަކުން އެގަހު ކޭލެއް މިގަހު ކޭލެއް ވަކިވާވަރެއް ނުވެ އެވެ.

މިނިސްޓަރ އިހްސާން އެމްޑީޕީގެ ތުހުމަތުތައް ދޮގު ކޮށްފައިވާއިރު އެމްޑީޕީއަކަށް ވެސް އެމީހުން ތުހުމަތު ކުރާ އެއްވެސް ކަމެއްގެ ހެއްކެއް ގަރީނާއެއް ދެއްކިފައިނުވެ އެވެ.

ދުނިޔެ އޭއައި ޓެކްނޮލޮޖީއަށް އެބުރިފައިވާއިރު ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ފޮޓޯ އާއި ވީޑިޔޯގެ ޒަރިއްޔާއިން މަސައްކަތް ކުރާއިރު ރާއްޖޭގައި ވެސް މިހާރު މިވަނީ މި ކުޅިވަރު ފެށިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!