މިސްކިތްތަކުގެ ޙުރުމަތް ކަނޑާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: ޝަހީމް
ދެންމެ | 17 ޖެނުއަރީ 2025

މިސްކިތްތަކުގެ ޙުރުމަތް ކަނޑާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް އިސްލާމިކް މިިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވިއިރު މިސްކިތެއްގައި މިސްކިތެއްގެ ޤަދަރާއި އިޙުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގަިއ ދަނީ ދައުރުވަމުންނެވެ.

ތ. ވިލިފުށީގެ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި ބިދޭސީ އަންހެނުނަތަކަކާއި ފިރިހެނުން މަސްހުނިވެގެން މިސްކިތުގެ ހުރުމަތާއި ހިލާފުވާތަން އެ ވީޑިއޯއިން ފެނެއެވެ.

މިއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބެލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީ އިން ފަށައިފިކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

ވަޒީރު މިއަދު އެކްސްގަިއ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ޤަދަރާއި އިޙުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަވަނީ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިކަމަށާއި މިއީ ކިހިނެއް ހިގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީ އިން ވަނީ ފަށާފައިކަމަށެވެ.

މިސްކިތްތަކުގެ ޙުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!